Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ވަހީދު (ވައްޑެ(

"އާއިލާ ބޭފުޅުން ލައްވާ މަޖިލިސް ކޮންޓްރޯލު ކުރުވުމަކީ އަނބުރާ 90 ގެ ތެރެއަށް ދިޔުން"

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އާއިލާގެ ބޭފުޅުން ލައްވާ މަޖިލިސް ބޭނުންފުޅުޥާގޮތަށް ކޮންޓްރޯލުކުރުމަކީ އަލުން އަނބުރާ 90 ގެ އަހަރުތަތުގެ ތެރެއަށް ދިއުންކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)، ވިދާޅުވެއްޖެއެވެ.

ވައްޑެ މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމަށް ފާދު ވިދާޅުވެ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ވައްޑެ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީސް ރައީސް އިބްރާހިމް ބޭނުންފުޅުވާގޮތަށް އެމަނިކުފާނުގެ ޅިޔަނާ ކޮއްކޯފުޅު ލައްވައި އޮބަހައްޓައި ކޮންޓްރޯލު ކުރުވުމަކީ އަލުން އަނބުރާ 90 ގެ އަހަރުތަކުގެ ތެރެއަށް ދިޔުންކަމަށެވެ.

"ރައްޔިތުންގެ މަޖިލީސް ރައީސް އިބްރާހިމްގެ ޅިޔަނާ ކޮއްކޯފުޅު ލައްވައި އޮބަހައްޓައި ކޮންޓްރޯލު ކުރުވުމަކީ އަލުން އަނބުރާ 90 ގެ ތެރެއަށް ދިޔުން" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ މިފަދައިން ވިދާޅުވެފައިވާއިރު މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އަކީ ރައީސް އިބްރާހިމް ޅިޔަނެކެވެ. އޭނާއަކީ ސަރުކާރުގެ ނުފޫޒު ގަދަ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެވެ. އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒަކީ ރައީސް އިބްރާހީމްގެ ކޮއްކޯފުޅެކެވެ. އޭނާއަކީވެސް މަޖިލީހުގެ ބާރު ހިނގާ މެންބަރެއްކަން ފާހަގަކޮށްލެވެއެވެ.

ވައްޑެގެ ޓްވީޓުގައި 90 ގެ އަހަރުތަކުގެ ތެރެއަށް ދިއުންކަމަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު އެމަނިކުފާނުގެ 30 އަހަރުގެ ދިގު ވެރިކަމުގައި ކަންކުރެއްވި ގޮތަށް ނިސްބަތްކޮށްކަމަށް ބެލެވެއެވެ.

މި ލިއުމާއި ގުޅޭ