Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަންޑާރަނައިބު ރިފްޢަތު

ރިއްފަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާއާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުރިއަށް ގެންދަމުން އަންނަ ދިވެހި ދައުލަތުގެ ބަންޑާރަ ނައިބު އިމްރާހިމް އިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން 30 މެއި 2023 ގައި އެމަނިކުފާނު ރައްޔިތުން މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބުގައި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުތަކަށް ގޮން ޖައްސަވާކަމަށްބުނެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ)އެވެ.

ސެމްބެ ހުށަހެޅުއްވި އެ މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމުން އެ މައްސަލައާ އެއްކޮޅަށް ވޯޓު ދިނީ 20 މެމްބަރުންނެވެ. އެއާ ދޮކަޅަށް 48 މެންބަރުން ވޯޓު ދެއްވިއެވެ. އެހެންވެ އިމްތިޔާޒުގެ އެ މައްސަލަ ބަހުސް ކުރަން ފާހެއްނުވިއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ސެމްބެ ވިދާޅުވީ ބަންޑާރަ ނައިބުގެ މަސައްކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެ ފަރާތާ ސުވާލުކޮށް ޖަވާބު ހޯދިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ދޭހެވާ މެރުމުން އިބާރާތްކޮށްފައިވާ ކަމީ މުޅި މަޖިލީހަށް ކޮށްފައިވާ މަލާމާތެއް ކަމަށެވެ.

އަދި ދައުލަތުގެ ބަންޑާރަ ނައިބު އެހެން ދެކުމަކީ އޭގައި ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށްވެސް ސެމްބެ ވިދާޅުވިއެވެ.

އެ މައްސަލައަށް ބަހުސް ކުރަން ފާސް ނުވި ނަމަވެސް އެ މައްސަލަ ކޮމެޓީއަށް ވެސް ފޮނުވަން ސެމްބެ ވަނީ އެދިވަޑައިގަނެފައެވެ. އެހެންވެ އެ މައްސަލަ އިމްތިޔާޒުގެ ކޮމެޓީއަށް ފޮނުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ