Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕެންޝަން އޮފީސް

ބައެއް ދައުލަތުގެ އިދާރާތައް ހިމެނޭހެން ޕެންޝަނަށް ފައިސާ ނުދައްކާ 1،000އަށް ވުރެ ގިނަ އެމްޕްލޯޔަރުން

ދައުލަތުގެ އިދާރާ ހިމެނޭހެން ޕެންޝަނަށް ފައިސާ ނުދައްކާ 1،000އަށް ވުރެ ގިނަ އެމްޕްލޯޔަރުން ތިބިކަމަށް ޕެންޝަން އޮފީހުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އަޕްޑޭޓްކުރި ލިސްޓުން ދައްކައިފިއެވެ.

އެގޮތުން އެލިސްޓު ބުނާގޮތުން 1،050 އެމްޕްލޯޔަރެއްގެ ނަން އެބަ އޮތެވެ. ޕެންޝަން އޮފީހުން ބުނެފައިވަނީ އޭގެ ތެރެއިން 162 ފަރާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މަސައްކަތް ފަށައިފައިވާ ކަމަށެވެ. އަދި 227 ފަރާތަކަށް ފައިނަލް ނޯޓިސް ދީފައިވާ ކަން ވެސް އެ ލިސްޓުން އެނގެ އެވެ.

ޕެންޝަނަށް ފައިސާ ނުދައްކާތީ ނަން ހާމަކުރި އެމްޕްލޯޔަރުންގެ ތެރޭގައި ހިމެނޭ ދައުލަތުގެ ދެ އިދާރާ އަކީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ. މީގެ އިތުރުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) ވެސް އެ ލިސްޓް ގައި ހިމެނެ އެވެ.

ޕެންޝަން އޮފީހުން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ޕެންޝަނަށް ފައިސާ ނުދައްކާ އެމްޕްލޯޔަރުންގެ ތެރެއިން 323 ފަރާތަކުން ނުދައްކައި އޮތީ 50،000.ރ އިން ފެށިގެން ދަށުގެ އަދަދު ތަކެއްގެ ފައިސާ އެވެ.

އަދި 50،000 އާއި 100،000 އާ ދެމެދުގެ އަދަދެއްގެ ފައިސާ ނުދައްކައި 24 ފަރާތަކާއި 100،000 އާއި 500،000 އާ ދެމެދުގެ އަދެއްގެ ފައިސާ ނުދައްކައި 43 ފަރާތެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެ ލިސްޓުން ދައްކާ ގޮތުން ފަސްލައްކައާއި އެއް މިލިޔަނާ ދެމެދުގެ އަދަދެއްގެ ފައިސާ ނުދައްކައި އޮތް ހަތް ފަރާތަކާއި މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ނުދައްކައި އޮތް ފަސް ފަރާތެއްގެ ނަން ވެސް އެބަ އޮތެވެ.

އެ ލިސްޓްގައި ހިމަނާފައި އޮތީ ޕެންޝަނަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ނުދައްކައި އޮތް 50 ފަރާތެއްގެ ނަމެވެ. މީގެ ތެރޭގައި މަޝްހޫރު ވިޔަފާރިތައް ހިމެނެއެވެ.

މި ލިއުމާއި ގުޅޭ