Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޣުނީ

މަޖިލީހުގައި މުޣުނީ ރައީސް ނަޝީދަށް ހަމަލާދޭން އުޅުނު ވީޑިއޯއެއް އާންމުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ޗީފް ވިޕް ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަބްދުލް މުޣުނީ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް ހަމަލާދެއްވަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ނަޝީދު މަޖިލީހުގެ ރިޔާސަތުން ފާބާވަޑައިގެން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއާ ވާހަކަދެއްކެވުމަށް ވަޑައިގަތުމުން މުޣުނީ އަތްޕުޅު ދިއްކުރައްވަމުން ނަޝީދާ ދިމާލަށް ވަޑައިގެން "ތިޔަހުރީ ހޭބަލިވެފައި"ކަމަށް ވިދާޅުވެއެވެ.

އަސްލަމް އަތްޕުޅުން މުޣުނީ ނަޝީދާ ދުރުކުރައްވައި ކުރިއަށް ޖެހިވަޑައިގަތުމުން އަސްލަމާއެކު ނަޝީދު އެތަނުން ވަޑައިގަންނަވައެވެ. މުޣުނީއަށް ރައްދުދެއްވައި އެއްވެސް ވާހަކަފުޅެއް އެމަނިކުފާނު ނުދައްކަވައެވެ. އަދި މިލަންދޫ ދާއިރާ މެންބަރު އަލީ ރިޒާ މުޣުނީއާ ދިމާލަށް ވަޑައިގަންނަވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

މިވީޑިއޯ އާންމުވުމާ ގުޅިގެން ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ މުޣުނީއަށް ފާޑުކިޔައި، ނަޝީދުގެ ހަށިކޮޅެއް ހަމަލާއެއް ނުދިނުމަށް އިލްތިމާސްކުރަމުންނެވެ. އަދި ނަޝީދުގެ ހަށިކޮޅަށް އަތްލައިފިނަމަ މަޑުން ނުތިބޭނެކަމަށްވެސް އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މުޣުނީއަށް ކުރީގެ އަނބިކަނބަލުންނަށް އަނިޔާކުރެއްވިކަމުގެ ތުހުމަތު އަމާޒުވުމުން އެމްޑީޕީން އޭނާއަށް ކުރި ތާއީދު އެނބުރާ ގެންދިޔައެވެ. ރައީސް ނަޝީދުވެސް އެއިރު އޭނާގެ ކެމްޕެއިނުގައި ނޫޅުއްވާނެކަމަށް ވިދާޅުވިއެވެ.

ނަމަވެސް ހުވަދޫގެ އެކި ދާއިރާތަކަށް ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓުންގެ ކެމްޕެއިން ފެއްޓެވުމަށް ތިނަދޫއަށް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އަލުން މުޣުނީއަށް ތާއީދުކުރައްވައި އެމްޑީޕީގެ ފަރާތުން އޭނާއަށް ޕާޓީގެ ޓިކެޓު ދެއްވީ ރައީސް ނަޝީދެވެ.

ނަމަވެސް މަޖިލިސް ފެށި މަޖިލީހުގައި ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މެދުގައި ޚިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް ބޮޑުވެ އެމްޑީޕީގެ ދެ ފެކްޝަން އުފެދުމުން މުޣުނީ ގުޅިވަޑައިގަތީ ރައީސް އިބްރާހީމުގެ ފަޅިއާއެވެ.

އޭގެ ފަހުން މުޣުނީ ފާހަގަވަނީ ނަޝީދަށް މަޖިލީހުގެ ތަޅުމުގައި އެންމެ ހޫނުކޮށް ރައްދުދެއްވައި ނަޝީދަށް ފާޑުވިދާޅުވާ މެންބަރުންގެ ތެރެއިން ބޭފުޅެއްގެ ގޮތުގައެވެ.

މި ލިއުމާއި ގުޅޭ