Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުތަކާއެކު ހަނގުރާމައިގެ ތަމްރީނުތަކެއް!

އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުތަކާއެކު ހަނގުރާމައިގެ ތަމްރީނުތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް އިތުރުކުރެއްވީ އދ.ގެ އިންސްޕެކްޓަރުން ތެހެރާނާ ކުރިމަތިނުލާ ކަމަށް ތުހުމަތު ކުރެއްވުމާއެކުގައެވެ. އަދި މި ތުހުމަތު ތަކާއެކު އިސްރާއީލުންވަނީ ވަރަން މަދުން ނޫނީ ނުފެންނަ ޒާތެއްގެ ހަނގުރާމައިގެ ތަމްރީނު ތަކެއް ކުރިއަށް ގެންދަން ފަށާފައެވެ.
އީރާނުން ދެ ނިއުކްލިއާ ބޮމެއްގެ 60 އިންސައްތަ ފިސިލް ޕިއުރިޓީއަށް ބޭނުންވާ މިންވަރަށް ޔޫރޭނިއަމް މުއްސަނދިކޮށްފައިވާއިރު، އިތުރަށް ރަނގަޅުކޮށްފިނަމަ، އިޒްރޭލުން ވަނީ ތެހެރާނަށް އަސްކަރީ ޙަމަލާތައް ދޭން ޖެހިދާނެކަމުގެ އިންޒާރުތައް ދެގުނައަށް އިތުރުކޮށްފައެވެ.
ތެލްއަވީވްގައި ހުންނަ އިސްރާއީލުގެ އަސްކަރީ މައި މަރުކަޒުގައި އިޒްރޭލުގެ އަންޑަގްރައުންޑް ކޮމާންޑް ބަންކަރުން ނެރުނު ވީޑިއޯ ބަޔާނެއްގައި ނަތަންޔާހޫ ވިދާޅުވީ އީރާނުގެ ނިއުކްލިއާ (ޑްރައިވް) އާއި އިޒްރޭލަށް ދޭ މިސައިލް ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ހައްޤު އިސްރާއީލަށް އޮންނާނެ ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުން އެކި ރޮނގުރޮނގުން ހަނގުރާމަކުރުމުގެ ފުރުޞަތު އޮތުމުން، އިސްރާއީލުގެ ލީޑަރުން ނިންމަވާ ކޮންމެ ބޮޑު ނިންމުމަކަށް އިރާނުން ވިސްނަންޖެހޭ ކަމަށެވެ.
ނަތަންޔާހޫގެ އޮފީހުން ވަނީ އިޒްރޭލަށް ދިން ހަމަލާއެއް ސިމިއުލޭޓް ކުރުމަށް ކުރިއަށް ގެންދާ އަސްކަރީ ޑްރިލްގެ ފުޓޭޖްތައް އާންމުކޮށްފަ އެވެ.
މި ތައްޔާރީތަކުގެ ވަށައިގެން އޮތް ޕަބްލިސިޓީ ފެނުނީ 1981 ވަނަ އަހަރު އިޒްރޭލުން އިރާގުގެ ނިއުކްލިއާ ރިއެކްޓަރަކަށް ދިން ހަމަލާއާއި، 2007 ވަނަ އަހަރު ސީރިއާގައި ވެސް އެފަދަ ހަމަލާއެއް ދިނުމުންނެވެ.
މީގެ ކުރިންވެސް ނަތަންޔާހޫ ވަނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އީރާނުން ދަނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއަށް ދޮގު ހަދަމުން. އީރާނުގެ ޕްރެޝަރަށް އެ އެޖެންސީން ކެޕިއުލޭޓް ކުރުމަކީ އެ އެޖެންސީގެ ރެކޯޑުގައި އޮތް ކަޅު ލައްގަނޑެއް،" ނަތަންޔާހޫ ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި އޭނާގެ ކެބިނެޓަށް ވިދާޅުވި އެވެ. އަދި އެ ވޮޗްޑޮގުން ސިޔާސީ ކުރުމުގެ ނުރައްކާ އޮތް ކަމަށާއި އެކަމުގެ ސަބަބުން އީރާނުގެ މައްޗަށް އެކަމުގެ މުހިންމުކަން ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަތަންޔާހޫގެ ވާހަކަތަކަށް އައިއޭއީއޭ އިން ޖަވާބެއް ދޭން ދެކޮޅު ހެދި އެވެ.
މިދިޔަ ބުދަ ދުވަހު އެ އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެތައް އަހަރެއްގެ ތަހުގީގަށް ފަހު އަދި ކުރިއެރުމެއް ނުލިބުމަށް ފަހު އީރާނުން ވަނީ ޔުރޭނިއަމް ޕާޓިކަލްސް ފެނުނު ތިން ސައިޓުގެ ތެރެއިން އެއް ސައިޓެއް ބަޔާންކުރުމަށް ހިތްހަމަޖެހޭ ޖަވާބެއް ދީފަ އެވެ.
ވިއެނާގެ ސީނިއާ ޑިޕްލޮމެޓަކު ވިދާޅުވި ގޮތުގައި އެ ޕާޓިކަލްތައް ތަފްސީލު ކުރެވޭނީ އެތަނުގައި އެއްޒަމާނެއްގައި ސޮވިއެޓުން އޮޕަރޭޓްކުރާ މައިނަކާއި ލެބެއް ހުރުމުން ކަމަށާއި އައިއޭއީއޭއަށް އިތުރު ސުވާލެއް ނެތް ކަމަށެވެ.
ނަތަންޔާހޫ މިކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ އީރާނުގެ ތަފްސީލުތަކަކީ ޓެކްނިކަލީ ނާދިރު ވާހަކަތަކެއް ކަމަށެވެ.
ނަމަވެސް ވިއެނާގެ ޑިޕްލޮމެޓް އިތުރަށް ވިދާޅުވީ އައިއޭއީއޭގެ އެސެސްމަންޓުގައި އޮތީ އީރާނުން މީގެ އެތައް ޒަމާނެއް ކުރިން އެތަނުގައި އެކްސްޕްލޯސިވް ޓެސްޓުކުރި ކަމަށާއި އެއީ ނިއުކްލިއާ ހަތިޔާރާ ގުޅުން ހުރި އެއްޗެއް ކަމަށެވެ.
އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2018 ވަނަ އަހަރު އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމާ ގުޅިގެން ތެހެރާނުން ވަނީ ޔޫރޭނިއަމް ފައްކާކުރުން އިތުރުކޮށްފައެވެ. އިޒްރޭލާއި ހުޅަނގުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މަދު ހަފުތާއެއްގެ ތެރޭގައި 60 ޕަސެންޓް ފިސިލް ޕިއުރިޓީގައި މުއްސަނދިކުރުމުގެ ބަދަލުގައި 90 ޕަސެންޓަށް ބަދަލުވެދާނެ އެވެ.
2012 ވަނަ އަހަރު އދ.ގެ ތަގުރީރުގައި ނަތަންޔާހޫ ވަނީ އީރާނުން 90 އިންސައްތަ މުއްސަނދިކުރުމަކީ "ރެޑްލައިން" އެއް ކަމަށް ސިފަކުރައްވާފައެވެ.
ނަމަވެސް އަސްކަރީ މާހިރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައި މިވަނީ، އިސްރާއީލުގެ އަސްކަރިއްޔާއަކީ ނިއުކްލިއަރ ހަތިޔާރު ލިބިފައިވާ އަސްކަރިއްޔާއެއް ކަމަށް ބެލެވޭ އިރު، އީރާނުގެ އަމާޒުތަކަށް ދާއިމީ ގެއްލުމެއް ދިނުމުގެ އާދަޔާ ޚިލާފު ބާރު އިޒްރޭލުގައި އެބައޮތްތޯ އެވެ.
މި ލިއުމާއި ގުޅޭ