Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.އަހްމަދު އަބްދުﷲ ދީދީ

އިތުބާރުނެތްކަމުގެ މައްސަލާގައި ހުށަހަޅާ ސަބަބަކީ އޭޖީ ހިތްހަމަޖެހޭ ސަބަބަކަށްވާން ނުޖެހޭ: ޑރ.އަޙްމަދު

ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން ބަޔާންކުރަންޖެހޭ ސަބަބަކީ ބަންޑާރަނައިބު ހިތްހަމަޖެހޭ ސަބަބެއްކަމުގައިވުން ލާޒިމުނުވާކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ.އަޙްމަދު މިފަދައިން ވިދާޅުވީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، މިއަދު މަޖިލީހުގައި އޭނާގެ ދިފާއުގައި ރިފްއަތު ދައްކަވާފައިވާ ވާހަކަފުޅަކަށް އިޝާރާތްކުރައްވައެވެ.

ރިފްއަތު ވިދާޅުވެފައިވަނީ ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަންޖެހޭ ގޮތާ ގުޅޭ ގޮތުން ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރަނީ ސަބަބު ބަޔާންކޮށްގެން މެނުވީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަނޭޅޭނެ ކަމަށް ކަމުގައެވެ.

އޭނާގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުއްވި 13 މެންބަރުންނާއި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް، ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން އެންމެ ބޮޑު ބައެއް ހޯދައިދިނުމަށް އޭނާ މަސައްކަތްކުރެއްވި ގޮތް ރަނގަޅުނުވުމަކީ ޤާނޫނު އަސާސީގައި ބަޔާންކުރާ ފަދަ ސަބަބެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރިފްއަތުގެ ވާހަކައަށް ޖަވާބުދެއްވައި ދުސްތޫރީ ޤާނޫނާއި ބައިނަލްއަޤުވާމީ ޢާންމު ޤާނޫނުތަކުގެ ދާއިރާއިން ތަޚައްޞުޞުވެވަޑައިގެން ހުންނެވި، ޑރ.އަހްމަދު ވިދާޅުވީ ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ(ހ)ގައި ބަޔާންކުރާ ސަބަބަކީ ބަންޑާރަނައިބު ހިތްހަމަޖެހޭ ސަބަބަކަށް ވާންނުޖެހޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒަރުގައި އެސަބަބަކީ އިތުބާރު ގެއްލޭ ފަދަ ސަބަބަކަށް ވާނަމަ، ދުސްތޫރީ ގޮތުން ކުރެވޭނެ ޗެލެންޖެއް ނޯންނާނެ!،" ސަބަބުގެ ޝަރުތު ބަޔާންކުރައްވައި ޑރ.އަޙްމަދު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ