Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

"ދެން ވަޑައިގަންނަވާ ދުވަހު އޭޖީ، ނަޝީދަށް ކަލަނުގޮވައި ސުވާލުތަކަށް ޖަވާބުދެއްވާނެކަމަށް އުންމީދުކުރަން"

މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް ދެން މަޖިލީހަށް ވަޑައިގަންނަވާ ދުވަހެއްގައި މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ކަލަގޮވުމުގެ ބަދަލުގައި މައްސަލަ ހުށަހަޅުއްވަމުން ކުރެއްވި ސުވާލުތަކަށް ބަންޑާރަނައިބު ޖަވާބުދެއްވާނެކަމަށް އުންމީދުކުރައްވާކަމުގައި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ޖަވާބުދާރީވެވަޑައިގަތުމަށް ރިފްއަތު ވަޑައިގަތުމުން އާދަމް ޝަރީފުވަނީ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅުއްވައި އެ މައްސަލައާއެކު ގިނަ ސުވާލުތަކެއް ބަންޑާރަނައިބާ އަމާޒުކުރައްވާފައެވެ. އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން އެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް ރިފްއަތަށް 10 މިނިޓު ލިބިވަޑައިގަތުމުން، އެ ވަގުތުގައި އޭނާގެ މައުސޫމުކަން ބަޔާންކުރައްވައި ކުރީގެ ރައީސުންނާއި މަޖިލީހުގެ މެންބަރުންނަށް ރައްދުދެއްވިއެވެ. ނަމަވެސް އެ ވަގުތު ހަމަވީއިރުވެސް އާދަމް ޝަރީފުގެ ސުވާލަކަށް ޖަވާބުނުދެއްވައެވެ.

ރިފްއަތުގެ 10 މިނިޓަށްފަހު ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އެގޮތުން އިތުބާރުނެތްކަމުގެ މައްސަލައަކީ އެއްވެސް އަސާސެއް ނެތި ސަރުކާރުގެ ކާމިޔާބުތަކާމެދު ހަސަދަވެރިވެގެން ހުށަހަޅާފައި އޮތް މައްސަލައެއްކަމަށް އެ މެންބަރުން ވަކާލާތުކުރެއްވިއެވެ.

މެންބަރުންގެ ވާހަކަފުޅަށްފަހު ހުސްވަގުތަށް މަޖިލިސް މެދުކަނޑައިލުމަށްފަހު އަލުން މަޖިލީހުގެ ޖަލްސާ ފެށުމުން މައްސަލަ ހުށަހެޅުއްވި މެންބަރުންވަނީ އާދަމް ޝަރީފު ކުރެއްވި އެއްވެސް ސުވާލަކަށް ރިފްއަތު ޖަވާބުނުދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި މަޖިލީހުގައި ހުށަހެޅި މައްސަލާގައި ފާހަގަކުރި ސުވާލުތަކަށް ޖަވާބުނުދެއްވައި އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވޭނެކަމަށް ވިދާޅުވެ، މެންބަރުން އިހުތިޖާޖުކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތު މިއަދުގެ ޖަލްސާ ނިމުމަކަށް ގެންނެވިއެވެ.

މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ރިޔާސަތު އިއުލާނުކުރިއިރު އެ ޖަލްސާގައި ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދާނެކަން ސާފުވެފައިނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެ މައްސަލަ ތާވަލުކުރާނެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިފްއަތު އަމަލުކުރެއްވި ގޮތަށް އިޝާރާތްކުރައްވާ އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަމުން އޭނާ ކުރެއްވި ގިނަ ސުވާލުތަކަށް ޖަވާބު ރިފްއަތު ނުދެއްވާ ކަމަށެވެ.

"އިބޫއާއި އެމްޑީޕީ ރުއްސަން ރައީސް ނަޝީދަށް ކަލަގޮވުމުގެ ބަދަލުގައި ރައްޔިތުން ކަންބޮޑުވާ ސުވާލުތަކަށް ދެން ވަޑައިގަންނަވާ ދުވަހަކުން ޖަވާބުދެއްވާނެކަމަށް އުންމީދުކުރަން،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފުވަނީ ބަންޑާރަނައިބާ 9 ސުވާލެއް ކުރައްވާފައެވެ. އޭގެ ތެރޭގައި އިކުއިޑިސްޓޭންސް ނޫން އުސޫލުތައް ކަނޑުގެ އިންވަކިކުރުމުގައި ބޭނުންކުރެވެން ހުރިއިރު އެއިން އުސޫލަކަށް ވަކާލާތުކޮށް ހިސްޓޮރިކަލް ރައިޓްގެ މަންފާ ހޯދުމަށް ވަކާލާތުނުކުރީ ކީއްވެތޯއާއި، ރާއްޖެއިން ކުރިން ހިފަހައްޓަމުން އައި ސްޓޭންޑު ބަދަލުކުރި ސަބަބާ ގުޅޭ ސުވާލުތައް ފަދަ ސުވާލުތައް ހިމެނެއެވެ.

މި ލިއުމާއި ގުޅޭ