Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެމްބެ)

ސެމްބެ ރިފްއަތަށް: ގަދަބަދަވިކަން ނުދައްކަވާ ރައްޔިތުން ކިބައިން މާފަށް އެދިވަޑައިގަންނަވާ!

ގަދަބަދަވިކަން ނުދައްކަވާ ރައްޔިތުން ކިބައިން މާފަށް އެދިވަޑައިގަތުމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ގޮވާލައްވައިފިއެވެ.

ސެމްބެ މިފަދައިން ގޮވާލައްވާފައި މިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިފްއތަުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ދިޔައިރު ވާހަކަ ދައްކަވަން ލިބިވަޑައިގަތް ފުރުސަތުގައި، ގާނޫނީ ސަބަބެއް ނުދައްކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި 13 މެންބަރަކަށް ފެނިވަޑަައިގަތުމުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭނެ ކަމަށް ރިފްއަތު ވިދާޅުފައިވުމާ ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ސެމްބެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޓާނީ ޖެނެރަލް ރިފްއަތު މުޅިންވެސް އުޅުއްވަނީ ގާނޫނު އަސާސީއާ މާ ދުރުގައިކަމަށާއި 11 މެންބަރުން ސޮއިކޮށް އެޓާނީ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ލެވޭނެކަމަށެވެ.

ސެމްބެ އިތުރަށް ވިދާޅުވީ ރިފްއަތު ހުންނެވީ ގާނޫނު އަސާސީއާ ޚިލާފުވެވަޑައިގެންފައިކަމަށެވެ. އަދި ގަދަބަދަވިކަން ނުދައްކަވާ ރައްޔިތުން ކިބައިން ރިފްއަތު މާފަށް އެދިވަޑައިގަތުމަށްވެސް ސެމްބެ ގޮވާލައްވާފައިވެއެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި، ފިކުރެއްގެ ދިރުން ހަރަކާތާއި އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ބައިވެރިވެވަޑައިގަތުމާއެކުއެވެ.
އޭނާގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅުން ހުށަހަޅާފައިވަނީ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދާ ޗާގޯސްގެ ކަނޑުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ މެދުގައި ފުށުއަރާ ބައިގެ އިންވަކިކުރުމުގައި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ވަކާލާތުކުރައްވާފައިނުވާކަމަށް ތުހުމަތުކޮށެވެ.
އެގޮތުން ރާއްޖޭގެ މަސްލަހަތުގައި ފާހަގަކުރަންޖެހޭ ގިނަ ކަންތައްތަކެއް ކޯޓުގައި ބަންޑާރަނައިބު ފާހަގަނުކުރައްވާކަން ކަނޑު ވިއްކައިލުމާ ދެކޮޅަށް އުފައްދާފައިވާ އިއްތިހާދުން ފާހަގަކުރިއެވެ. އޭގެ ތެރޭގައި އިކުއިޑިސްޓޭންސް ނުވަތަ ހަމަހަމައަށް ބެހުމަށް އެއްބަސްވުމާއި، ރާއްޖެއަށް ފައިދާވާ ގޮތަށް އިކުއިޑިސްޓޭންސް ރޮނގަށް ބަދަލު ގެނައުމަށް ހުށަހެޅިދާނެ ސަބަބުތައް ހުށަހަޅާފައި ނެތުން ފާހަގަކުރެއެވެ.
މި ލިއުމާއި ގުޅޭ