Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ބަންޑާރަނައިބަށް ސައީދުގެ ފަސް ސުވާލެއް!

ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ބޮޑު ބައެއް ގެއްލުނު މައްސަލައާ ގުޅިގެން ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުއާ ފަސް ސުޥާލެއް ކުރިމަތި ކުރައްވައިފިއެވެ.

މެންބަރު ސައީދު އެ ފަސް ސުވާލު ކުރައްވާފައިވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައާ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވި ސިޓީއާ އެއްވެސް ގުޅުމެއް ނެތްކަމަށް ރިފްއަތު ވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ރިފްއަތު އެ ހެއްދެވީ އިތުރުފުޅެއްކަމަށް ވިދާޅުވެފައެވެ.

ސައީދުގެ ފަސް ސުވާލު:

  • 1. ރާއްޖޭގެ ޙާއްސަ އިޤްތިސާދީ ސަރަހައްދުންބައެއް ގެއްލިއްޖެތޯ؟
  • 2. ރައީސުލްޖުމްހުރިއްޔާގެ ސިއްރު ސިޓީއެއް މޮރިޝަސްއަށް ފޮނުވިތޯ؟
  • 3. އެ ސިޓީއަށް އެޓާނީ ޖެނެރަލް ދެއްވި ލަފަޔަކީ ކޮބައިތޯ؟
  • 4. އެ ސިޓީ މަޖިލީހަށް ސިއްރު ކުރިންތޯ؟ އަދި ރައްޔިތުން އެކަމުގައި އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭވަރު ކަމަކަށް އެކަންނުވީ ކީއްވެތޯ؟
  • 5. ރާއްޖެ އާއި މޮރިޝަސް ޝެއަރ ކުރާ ބޯޑަރެއް އޮވޭތޯ؟

ޗާގޯސް ޖަޒީރާ އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ، މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، އދ. ގައި ދެން ނަގާ ވޯޓެއްގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރިކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ވަނީ ރައީސް އިބްރާހިމް ސިޓީފުޅެއް ފޮނުއްވާފައެވެ.

އެ ސިޓީއަށް ރިއާއަތްކޮށް އިޓްލޮސްއިން އިން ވަކިކުރުމުގެ މައްސަލަ ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް ގިނަ ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

މި ލިއުމާއި ގުޅޭ