Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަންޑާރަނައިބު ރިފްޢަތު

އަޅުގަނޑަކީ ކަނޑުގެ ޤާނޫނުގެ މާހިރެއް ނޫން: ރިފްއަތު

އޭނާއަކީ ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުގެ ބޮޑު މާހިރެއް ނޫންކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު މިއަދު ވިދާޅުވެއްޖެއެވެ.

ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލާގައި މިއަދު މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމަށް ވަޑައިގެން ރިފްއަތު ވިދާޅުވީ އޭނާއަކީ ކަނޑުގެ ޤާނޫނުގެ މާހިރެއް ނޫން ކަމަށެވެ. ނަމަވެސް ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ މައްސަލާގައި އޭނާ އަމަލުކުރެއްވީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ އަލީގައިކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.

އިތުރަށް ބަންޑާރަނައިބު ވިދާޅުވީ ދެކުނުގެ އީއީޒެޑްގެ ސަރަހައްދުގެ މައްސަލައަކީ ޒަމާންވީ މައްސަލައެއްކަމަށާއި، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރީގެ ސަރުކާރުތަކުން އެއްވެސް ކަމެއް ކޮށްފައިނުވާކަމަށާއި، އެކަމުގައި ކުރީގެ ބަންޑާރަނައިބުންވެސް އިހުމާލުވެފައިވާކަމަށް ރިފްއަތު ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑަކީ ކަނޑުގެ ޤާނޫނުގެ ޕްރައިމް އެކްސްޕާޓެއް ނޫން. ދެކުނުގެ އީއީޒެޑްއާ ގުޅޭ ގޮތުން އަޅުގަނޑު ނިންމާފައިވާ ކޮންމެ ނިންމުމެއް ނިންމާފައިވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގެ ތަރަަހައިގެ ތެރެއިން. ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުން ލާޒިމުވާ ކަންކަމަށް ބަލައިގެން،" ރިފްއަތު ވިދާޅުވިއެވެ.

ރާއްޖޭގެ މައްޗަށް މޮރިޝަސްއިން މައްސަލައެއް ހުށަހެޅުމާއެކު މަސައްކަތްކުރެއްވީ ކަމާ ގުޅުންހުރި ދާއިރާތަކާއެކު މަޝްވަރާކުރައްވައިގެން ކަމަށާއި، އެކަމުގައި ރާއްޖެއަށް ގެއްލުންވާ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.

ރިފްއަތު އިތުރަށް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީއަކީ އީއީޒެޑްގެ މައްސަލައާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ. އަދި އީއީޒެޑް ހޯދުމަށް އޭނާ ވަކާލާތުކުރެއްވި ގޮތާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސާއި އޭނާގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުއްވި 13 މެންބަރުންގެ ހިތްޕުޅަށް އަރާވަޑައިގަންނަވާ ގޮތަކީ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.

މި ލިއުމާއި ގުޅޭ