Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަންޑާރަނައިބު ރިފްޢަތު

މުޅި ހަޔާތުގައިވެސް ފައިސާއެއްގައި ޖެހި ރައްޔިތުންނަށް ހިޔާނާތްތެރިނުވަން: ރިއްފަތު

މުޅި ހަޔާތުގައިވެސް ފައިސާއެއްގައި ޖެހި ރައްޔިތުންނަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރިއްފަތު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ކަނޑުން ބޮޑު ބައެއް ގެއްލުނު މައްސަލާގައި ރިއްފަތުގެ އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގައި ޖަވާބުދާރީ ވެވަޑައިގަންނަވަމުންނެވެ.

ރިއްފަތުގެ ވާހަކަތައް ފެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުންނެވެ. މިގޮތުން ރިއްފަތު ފުރަތަމަވެސް ފާހަގަކުރެއްވީ "ހިލޭ ސާބަހަށް ބައެއް ރައީސުންނަށް މަސައްކަތްކޮށްދެއްވި" ވާހަކައެވެ. އެފަހުން ރިއްފަތު ވަނީ އެ ބޭފުޅާއަށް މޮރިޝަސްގެ ސަރުކާރުން ދިން މެޑަލްއެއްވެސް ނޯންނާނެ ކަމަށާއި ޑޮލަރުލާން ހުޅުވި އެސްކްރޯ އެކައުންޓެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދަށް މޮރިޝަސްއިން ވަނީ އެ ޤައުމުގެ އެންމެ މަތީ ޝަރަފު އަރުވާފައެވެ. ޑޮލަރުލާން އެސްކްރޯ އެކައުންޓެއް ހުޅުވާފައި ނުވާނެއޭ ބުނެފައިވަނީ ރައީސް ޔާމީނަށް އަމާޒުކޮށް ކަމަށްބެލެވެއެވެ.

ރިއްފަތު މިމޭރުމުން ވާހަކަ ދައްކަވަން ފެއްޓެވުމުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނަންގަވާ ވަނީ ބަންޑާރަ ނައިބަށް ވާހަކަދެއްކެވޭނީ ހުށަހެޅިފައިވާ މައްސަލައަށް ކަމަށާއީ ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނަށް އަމާޒުކޮށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެ ނިޒާމީ ނުކުތާ ބަލައިގަނެ އެގޮތަށް އަމަލު ނުކުރެއްވުމަށް ރިއްފަތަށް ދަންނަވާފައެވެ.

ދުވަހަކުވެސް ފައިސާއަކަށް ހިޔާނާތްތެރި ނުވާކަމަށް ރިއްފަތު ވިދާޅުވި ނަމަވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރަށް ދިނުމަށްފަހު، ޖީއެމްއާރު އަތުން އެތަން އަތުލުމުން ހިނގައިދިޔަ އާބިޓްރޭޝަނުގައި ރިއްފަތު ވަނީ ޖީއެމްއާރަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ބަދަލުގެ ގޮތުުން ރިއްފަތަށް ގިނަ އަދަދެއްގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ.

މި ލިއުމާއި ގުޅޭ