Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކާ ފެނަކަ މުވައްޒަފުންނަށް އަދަބު ދޭން ނިންމައިފި

ގއ.ވިލިނގިލީ ފެނަކަ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުން ސަރުކާރާއި، ރައީސް އިބްރާހީމާ ދެކޮޅަށް ވާހަކަ ދައްކާނަމަ އެ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ރަށު ފެނަކައިގެ މެނޭޖަރެއް ކަމަށްވާ އަހުމަދު ނިހާމް ވިދާޅުވެއްޖެއެވެ.

ފެނަކަ މުވައްޒަފުންގެ ގުރޫޕަށް ނިހާމު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ ވިލިނގިލީ ފެނަކަ ސައިޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީވެސް ސަރުކާރު ކުންފުންޏެއް ކަމަށްވާ ފެނަކައިގެ މުވައްޒަފުންކަމަށެވެ. އަދި އެންމެނަށް މުސާރަ ދެނީ ސަރުކާރުންކަން ހަނދާންކޮށްދީފައިވެއެވެ.

"މިފަހަކަށް އައިސް ސައިޓު ތެރޭގައި، އަދި އަދި ބޭރުގައި ކުންފުނި އަދި ސަރުކާރު ބަދުނާމު ވާހެން ވާހަކަ ދައްކާހެން އެބަ ފާހަގަވޭ. މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަން" ނިހާމު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ނިހާމު ވިދާޅުވީ އެފަދަކަންކަން ތަކުރާރުކުރާ މުވައްޒަފުންނަށް ކަނޑައެޅިފައިއޮތް "އަދަބެއް" ދެވިގެންދާނެކަމަށެވެ. ނަމަވެސް އެއީ ކޮން އަދަބެއް ކަމެއް ވިދާޅުނުވެއެވެ.

ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކުމަކީ ވަޒީފާގެ ޤާނޫނުގެ ދަށުން އަދަބު ދެވޭނެ، އަދި ފިޔަވަޅު އެޅޭނެ ފަދަކަމެއްވެސް ނޫނެވެ. އެހެން ނަމަވެސް މި ސަރުކާރުން، ސަރުކާރަށް ފާޑުކިޔާ މުވައްޒަފުން ވަޒީފާއިން ވަކިކުރެއެވެ.

މި ލިއުމާއި ގުޅޭ