Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އޮޑިޝާގެ ހިތާމަވެރި ރޭލްއެކްސިޑެންޓް ހާދިސާ އަށްފަހު ރޭލް ދަތުރުތައް އަލުން ފަށައިފި

އަވަށްޓެރި އިންޑިއާގެ އޮޑިޝާގެ ހިތާމަވެރި ރޭލްއެކްސިޑެންޓް ހާދިސާ ހިނގި ޓްރެކްގައި 51 ގަޑިއިރަށް ފަހު ރޭލް ދަތުރުތައް އަލުން ފަށައިފިއެވެ.
ބަލަސޯރު އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި އަޕް އެންޑް ޑައުން ރޭލްވޭ ޓްރެކްތައް މަރާމާތުކޮށްފައިވާ ކަމަށް ރޭލްވޭ މިނިސްޓަރު އަޝްވިނީ ވައިޝްނަވް ވިދާޅުވިތާ ގަޑިއިރުތަކެއް ފަހުން، އާދީއްތަ ދުވަހުގެ ރޭ އެ ސެކްޝަނުގައި ފުރަތަމަ ރޭލު މޫވްމަންޓް ވަނީ ރެކޯޑް ކުރެވިފައެވެ.
51 ގަޑިއިރުގެ ތެރޭގައި މަރާމާތު ކުރުމުގެ މަސައްކަތް ނިންމާލެވިފައި ވާއިރު، އިންޑިއާގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި އެއް ރޭލު އެކްސިޑެންޓަށް ފަހު ރޭލްވޭ ޓްރެކްގެ ދަތުރުތައް ވަނީ އަލުން ފަށައިފައެވެ.
މިއީ އޮޑިޝާގެ ބަލަސޯރުގައި އެއްފަހަރާ ތިންރޭލެއް އެކްސިޑެންޓްވެ ހިނގި ފުރަތަމަ ހާދިސާއަށްވާއިރު، އެ އެކްސިޑެންޓެއްގައި 275 މީހުން މަރުވެ 1100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ރޭލް ޓްރެކް މަރާމާތުކުރުމަށްފަހު ރޭލު ދަތުރުތައް ފެށިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިންޑިއާގެ ރޭލްވޭ މިނިސްޓަރު އެތަނަށް ވަޑައިގެންނެވި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
"ދެ ޓްރެކް ވެސް މިހާރު ވަނީ މަރާމާތުކޮށްފައި. އަދި 51 ގަޑިއިރުގެ ތެރޭގައި ރޭލުގެ ހަރަކާތްތައް ވަނީ ނޯމަލައިޒްކޮށްފައި، މިހާރުން ފެށިގެން ޓްރެއިން މޫވްމަންޓް ފަށާނެ،" ރޭލްވޭ މިނިސްޓަރ އަޝްވިނީ ވައިޝްނަވް ވިދާޅުވި ގޮތުގައި ޓްރެކް ލައިން މިހާރު އޮތީ ރޭލް ދަތުރުތަކަށް ފިޓްވެފަ އެވެ.
އަޝްވިނީ ވައިޝްނަވް ވަނީ އޮފިޝަލުންނާއި މަސައްކަތުގައި ތިބި އެތައް ސަތޭކަ މީހުންގެ ހާޒިރުގައި ބަލަސޯރުގެ ރޭލްވޭ ލައިންތަކުގައި ހުއްޓުމެއް ނެތި ރޭލު ދުއްވާ މަންޒަރު ފެންނަ ކްލިޕެއް ހިއްސާކޮށްފަ އެވެ.
ރޭލްވޭ މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑައުންލައިން ރިސްޓޯރޭޝަން ނިމިފައިވާ ކަމަށެވެ. ފުރަތަމަ ރޭލު ދަތުރު ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަޝްވިނީ ވައިޝްނަވް ވިދާޅުވީ "އަޕްލައިން ޓްރެއިން މޫވްމަންޓް ވެސް ފަށާފައިވާ" ކަމަށެވެ.
މީގެ ކުރިން ވައިޝްނައު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަޕްލައިން ގުޅުވައިދޭ ޓްރެކް އަލުން އިއާދަކޮށް، އޯވަހެޑް އިލެކްޓްރިފިކޭޝަންގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ.
އިންޑިއާގެ ރޭލްވޭ ތައް ރައްކާތެރި ނޫންކަމަށް ބުނެ މީޑިއާގައި ގިނަބަޔަކު ޚިޔާލު ފާޅުކޮށްފައިވާއިރު، އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނައިން މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުންދާ ޤައުމުކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ލިއުމާއި ގުޅޭ