އިންޑިއާގެ ބިހާރު ސްޓޭޓުގައި އަލަށް އެޅި ބްރިޖެއް، ރަސްމީކޮށް ނުހުޅުވެނީސް ދެވަނަ ފަރަށް ވެއްޓިއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ޚަގަރިޔާ އާއި ބަގަލްޕޫރު ޑިސްޓްރިކްޓް ގުޅާލުމަށް ހަދަމުން ދިޔަ ބްރިޖު ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގެއެވެ.
1.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެޅި ގާތްގަނޑަކަށް 100 ފޫޓު މީޓަރުގެ މި ބްރިޖު އަޅާފައިވަނީ ކޯރެއް ހުރަސްކޮށެވެ. މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.
އެ ބްރިޖް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު-ޑިސެމްބަރު މަހުގެ ތެރޭގައެވެ. ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ ބްރިޖް ވެއްޓުނު ސަބަބު އެނގޭނީ ތަހުގީގަށް ފަހު ކަމަށާއި ޒިންމާވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އެންމެ ފުރަތަމަ މި ބްރިޖް ވެއްޓުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެފަހަރު އެ ބްރިޖު ބޭނުން ނުކުރެވެނީސް ބްރިޖުގެ ތަނބުތަކުގައި ރެނދުލާ އެ ބްރިޖު ވަނީ ކޯރުތެރެޔަށް ވެއްޓިފައެވެ. އެ ބްރިޖުގެ މަސައްކަތް 2017 ގައި ނިމުނު ނަމަވެސް ބްރިޖުގައި ރެނދެއް ހުރުމުން މިހާތަނަށް ހުރީ ބޭނުން ނުކޮށެވެ.