Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޮސްޓްރޭލިއާ

އޮސްޓްރޭލިއާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރު މެދުއިރުމައްޗަށް ވަޑައިގަންނަވަނީ

ރިޔާޒް (ޖޫން 4) - އޮސްޓްރޭލިއާގެ ހާރިޖީ ސިޔާސަތު ފުޅާކޮށް ދުނިޔޭގެ މައްސަލަތަކަށް އަމާޒުކޮށް "ބައިނަލްއަގުވާމީ ޕާޓްނާޝިޕް" އުފެއްދުމުގެ މިޝަންގައި އޮސްޓްރޭލިއާގެ އެސިސްޓެންޓް ފޮރިން އެފެއާޒް މިނިސްޓަރު ޓިމް ވޮޓްސް ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ލުބުނާނަށް ވަޑައިގަތުމަށް ތައްޔާރުވެއްޖެ އެވެ.
ވޮޓްސް އާދީއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޮސްޓްރޭލިއާއަކީ ދުނިޔޭގެ މަސްލަހަތުތައް އޮންނަ ގައުމެއް ކަމަށާއި އެއީ ވިޔަފާރި އާއި އިންވެސްޓްމަންޓާއި ބައިނަލްއަގުވާމީ ސަލާމަތާއި އިންސާނީ އެއްބާރުލުން ކަމަށެވެ.
އެހެންވީމާ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންގެ އަމިއްލަ ސަރަޙައްދަށް އަމާޒުކުރެވިފައި އޮތްއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންގެ މަސްލަހަތުތައް ވެސް ޙަރަކާތްތެރިކަމާއެކު ކުރިއަށް މިގެންދަނީ. އޭނާ ވިދާޅުވިއެވެ.
2022 ވަނަ އަހަރުން ފެށިގެން އަލްބާނީ ސަރުކާރުގެ ބައެއްގެ ގޮތުގައި އެ މަގާމު އަދާކުރައްވަމުން ގެންދަވާ ވޮޓްސް ވިދާޅުވީ މެދުއިރުމަތީގައި އޭނާގެ އަމާޒަކީ ދުނިޔޭގެ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ބައިނަލްއަގުވާމީ ޕާޓްނާޝިޕްތައް ބިނާކުރުން ކަމަށެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ މައުޟޫޢުތަކުގެ ތެރޭގައި ޤައުމީ އަދި ސަރަޙައްދީ ސަލާމަތީ ކަންކަމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާތައް ހިމެނެއެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަތުމުގެ ކުރިން މިނިސްޓަރ ލުބުނާނަށް ވަޑައިގަންނަވާނީ ކައުންޓަރ ޓެރަރިޒަމް އާއި ޓްރާންސްނޭޝަނަލް ކްރައިމްގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށެވެ.
އަދި 2020 ވަނަ އަހަރު ބެއިރޫތު ބަނދަރުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމުގެ އިތުރުން އިގްތިސާދީ ގޮންޖެހުންތަކާއި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ސަޢޫދީ ޢަރަބިއްޔާގައި ހުންނަވާ ދުވަސްވަރު ވޮޓްސް ބައިވެރިވެވަޑައިގަންނަވާނީ ދާއިޝްއާ ދެކޮޅަށް މަސައްކަތްކުރާ ގްލޯބަލް ކޯލިޝަން އެގެއިންސްޓް ދާއިޝްގެ މިނިސްޓީރިއަލް މީޓިންގައި ކަމަށްވާއިރު، އެ ބައްދަލުވުމުގައި "ހަރުކަށި ފިކުރު ނައްތާލުމަށް މަސައްކަތްކުރާ 86 ޤައުމުގެ ތެރެއިން ބައެއް ޤައުމުތަކާ އެކު މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ" ކަމަށް އޭނާ އަރަބް ނިއުސްއަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވޮޓްސްގެ އަމާޒަކީ ސަރަހައްދީ ސަލާމަތާ ގުޅޭ ގޮތުން ކޯލިޝަން ޕާޓްނަރުންނާ އެކު ހިޔާލު ބަދަލުކުރުމެވެ.
"ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިވެ، ޖީ-20 ގެ މެމްބަރުކަން ހިއްސާކޮށްގެން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދޭނަން،" ވޮޓްސް ވިދާޅުވި އެވެ.
"މޫސުމަށް އަންނަ ބަދަލުތަކާއި، ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާ އިންސާނީ ގޮންޖެހުންތަކާއި، ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ތަރުތީބު ހަރުދަނާ ކުރުމަށް މަލްޓިލޭޓަރަލް ސެޓިންގައި އެއްބާރުލުން ދިނުން ފަދަ މުހިންމު މައްސަލަތަކުގެ ސަބަބުން ސަރަހައްދީ ގޮތުން ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ވެސް އަޅުގަނޑު މަޝްވަރާ ކުރާނަން." އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
"އޮސްޓްރޭލިއާ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ މުހިންމު ގުޅުމަކީ ވިޔަފާރީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުން ބަދަހި ގުޅުމާއި، ޖީ-20ގެ މެމްބަރުކަން ހިއްސާކުރުމާއި، ސަގާފީ އަދި ދީނީ ގުޅުމުގެ މައްޗަށް ބިނާވެފައިވާ މުހިންމު ގުޅުމެއް،" އަރަބް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވޮޓްސް ވިދާޅުވި އެވެ.
އަދި ސޫދާނުން ޖިއްދާއަށް އޮސްޓްރޭލިއާގެ ގިނަ ބަޔަކު ރައްކާތެރިކަމާއެކު ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ ވަސީލަތްތައް ހޯދުމަށް ސޫދާނުގެ ފެކްޝަންތަކުގެ މެދުގައި ސައޫދީ މެދުވެރިވުން ފަދަ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ސައޫދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ވެސް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ސަޢޫދީ ޢަރަބިއްޔާގައި ހޭދަކުރެއްވުމަށްފަހު މިނިސްޓަރ ދެން ވަޑައިގަންނަވާނީ ޔޫއޭއީއަށެވެ.
"ޔުނައިޓެޑް އަރަބް އެމިރޭޓްސް އަކީ އަގުހުރި ޕާޓްނަރެއް އަދި އޮސްޓްރޭލިއާ އާއި އޮސްޓްރޭލިއާގެ މުދާ ދުނިޔެއާ ގުޅުވައިދޭ ހަބެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި އޮސްޓްރޭލިއާއަކީ ދެފަރާތުގެ އިންވެސްޓްމަންޓުގައި އިތުބާރު ހިފޭ އަދި ފާހަގަކޮށްލެވޭ ބައިވެރިއެއްގެ ގޮތުގައި އަދި ވޮކޭޝަނަލް، ޓެކްނިކަލް އަދި ޓާޝަރީ ތައުލީމު ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި ފާހަގަކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ސޫދާނުން ބޭރުކޮށްފައިވާ އޮސްޓްރޭލިއާގެ ރައްޔިތުންނަށް އެހީވުމަށް ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއިން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރުމުގެ ފުރުސަތެއްގެ ގޮތުގައި މި ދަތުރުގެ ބޭނުން ހިފާނެ ކަމަށް ވެސް ވޮޓްސް ވިދާޅުވި އެވެ.
އަދި މި ދަތުރަކީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ދެ ސަރުކާރުން ވެސް ދެއްވާ އެއްބާރުލުމާއި މަސައްކަތަށް ޝުކުރު އަދާކުރުމުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ