Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ށ.ކޮމަންޑޫ

މަސައްކަތް ހުއްޓިފައިވާ، ކޮމަންޑޫ އައިސް ޕްލާންޓުގެ ފާރެއް ވެއްޓިއްޖެ

ށ. ކޮމަންޑޫގައި ފެނަކައިން އިމާރާތް ކުރަމުން އަންނަ އައިސް ޕްލާންޓުގެ ފާރެއް ވެއްޓިއްޖެއެވެ.

ކޮމަންޑޫ ކައުންސިލު މެންބަރު އާދަމް އަބްދުﷲ "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ގޮތުގައި އެރަށުގައި ގާއިމުކުރަމުން އަންނަ އައިސް ޕްލާންޓުގެ ފާރެއް ވެއްޓިފައިވަނީ މިއަދު އައި ބާރުގަދަ ވިލާގަނޑެއްގެ ސަބަބުންނެވެ.

ކައުންސިލަރު ވިދާޅުވީ އެ ފާރު ވެއްޓިފައިވަނި ބާރުގަދަ ވިޅާގަނޑެއްގައި ކަމަށާއި ނަމަވެސް ފާރު ވެއްޓުން ތަން ފެނުނު މީހަކު ނެތްކަމަށެވެ.

"މިއަދު އައި ވަރަށް ބާރުގަދަ ވިލާ ގަނޑެއްގައި ފެނުނީ އެއްފަރާތު ފާރު ވެއްޓިފައި އިންދަ، އެވަގުތު މީހަކު ނެތް، ވެއްޓުނު ތަން ދުށް މީހަކު ނެތް، ވިލާގަނޑު ދިޔަ ފަހުން ބެލިއިރު ފާރެއް ވެއްޓިފައި އިނީ" އާދަމް ވިދާޅުވިއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޮމަންޑޫ އައިސް ޕްލާންޓުގެ މަސައްކަތް ހުއްޓިފައިވާތާ މިހާރު ދެވަރަކަށް މަސްވަނީ ވެފައެވެ.

އެކަމާއި ގުޅިގެން ސުވާލުކުރުމުން ކައުންސިލަރު އާދަމް ވިދާޅުވީ އެމަސައްކަތް މިވަގުތު އޮތީ ހުއްޓިފައިކަމަށެވެ.

ކޮމަންޑޫގައި ގާއިމުކުރަމުން އަންނަ އައިސް ޕްލާންޓުގެ ފާރު ވެއްޓުނުތަން މީހަކަށް ފެނިފައި ނުވާއިރު ކައުންސިލުން ބުނީ އެ މައްސަލަ ބަލަން އަދި ނުފަށާކަމަށެވެ.

މި ލިއުމާއި ގުޅޭ