Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރައީސް ޔާމީންގެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް އަންނަ ބުދަ ދުވަހު!

ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ހައި ކޯޓުގައި ތާވަލުކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވިކަމަށް ސާބިތުވާ ކަމަށް ކަނޑައަޅާ 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ފަރާތްޕިޅުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ޝަރީއަތް ފެށުން ތާވަލުކޮށްފައި މި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި އިސްތިއުނާފުގެ ހުރިހާ ލިޔުމެއް އިސްލާހުކޮށް އެމަނިކުފާނުގެ ފަރާތުން ހުށަހެޅި މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީކުރިތާ ދެ މަސް ފަހުންނެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، މައްސަލަ ކާމިޔާބު ވާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެ އެވެ. އަދި ރައީސް ޔާމީނާ ދެކޮޅަށް ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ނީއްވާހާ ހިނދަކު ޕާޓީގެ ރިޔާސީ ޓިކެޓަކީ އެމަނިކުފާނުގެ ހައްގެއް ކަމަށް އެ ޕާޓީގެ ލީޑާޝިޕުން އަންނަނީ ބުނަމުންނެވެ.

ރައީސް ޔާމީންގެ ކެނޑީޑެންސީ ހުށަހަޅައިފިނަމަ އެ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ