އަލްޖަޒީރާ (ޖޫން 4) - ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އާ ކެބިނެޓް އިފްތިތާހު ކޮށްދެއްވުމާއެކު، ކުރީގެ އިކޮނޮމިކް ޗީފް އަދި ބައިނަލްއަގުވާމީ ގޮތުން އިހްތިރާމް ކުރާ ކުރީގެ ބޭންކަރު މެހްމެޓް ސިމްސެކް ޓްރެޝަރީ އެންޑް ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ތިން ވަނަ ރިޔާސީ ދައުރުގެ ހުވާ ކުރެއްވި އުރުދުޣާން ވަނީ ހެލްތު އެންޑް ކަލްޗާ މިނިސްޓަރުން ފިޔަވައި ކެބިނެޓުގެ ގާތްގަނޑަކަށް ހުރިހާ މެމްބަރުން ބަދަލުކުރައްވައިފަ އެވެ.
2009 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފިނޭންސް މިނިސްޓަރުކަމާއި 2018 ވަނަ އަހަރާ ހަމައަށް އިގްތިސާދު ހިންގުމާ ހަވާލުވެ ހުންނެވި ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައި ހުންނެވި އިރު އިންވެސްޓަރުންގެ މެދުގައި ސިމްސެކް ވަރަށް ބޮޑަށް ބަލައިގަތް އިރު، އެ އަހަރު ލީރާ ވެއްޓުމުގެ ސިލްސިލާ ހާދިސާތަކުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވި އެވެ.
އުރުދުޣާންގެ ވެރިކަމުގައި އިގްތިސާދީ ސިޔާސަތުތައް ޒަމާނުއްސުރެ ގެންގުޅެމުން އައި އިރު، އިންފްލޭޝަން މަތިވެ، ބާޒާރުތަކުގެ ދައުލަތުގެ ކޮންޓްރޯލް ބޮޑުވެފައިވީ ނަމަވެސް އިންޓަރެސްޓް ރޭޓް ދަށްކޮށް ހިފެހެއްޓުން ހިމެނެ އެވެ.
މެރިލް ލިންޗްގެ ކުރީގެ އިކޮނޮމިސްޓެއް ކަމަށްވާ ސިމްސެކް އަކީ އުރުދުޣާންގެ އާދަޔާ ހިލާފު ސިޔާސަތުތަކާ ދެކޮޅު ބޭފުޅެކެވެ.
ތުރުކީއަކީ ދިރިއުޅުމުގެ ޚަރަދުބޮޑު މާލީދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމަކަށް ވާއިރު، އޮކްޓޯބަރު މަހު އިންފްލޭޝަން 85 އިންސައްތައަށް އުފުލި، މެއި މަހު ވަނީ 44 އިންސައްތައަށް ދަށްވެފައެވެ.
އުރުދުޣާންގެ އިންޓެލިޖެންސް ޗީފް އަދި ކުރީގެ ސިފައިންގެ ބޭފުޅެއް ކަމަށްވާ ހަކަން ފިދާން އާ ޚާރިޖީ ވަޒީރަކަށް ހަމަޖެއްސީ 2014 ވަނަ އަހަރުން ފެށިގެން އެ މަގާމުގައި ހުންނެވި މެވްލޫތު ކަވުސޮގްލޫގެ ބަދަލުގަ އެވެ.
އުރުދުޣާންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފިދާން އަކީ 2010 ވަނަ އަހަރުން ފެށިގެން ނޭޝަނަލް އިންޓެލިޖެންސް އޯގަނައިޒޭޝަން (އެމްއައިޓީ)ގެ އިސްވެރިއަކަށް ހުންނެވި ބޭފުޅެއް ކަމަށްވާއިރު، އޭގެ ކުރިން ހުންނެވީ ބޮޑުވަޒީރުގެ އޮފީހުގައި އުރުދުޣާންގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ.
2012 ވަނަ އަހަރު ފިދާން އަކީ އޮސްލޯގައި މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ހަތިޔާރު އެޅި ޖަމާއަތާ އެކު އެމްއައިޓީން ބޭއްވި ސިއްރު ސުލްހައިގެ މަޝްވަރާތަކާ ގުޅިގެން ހިންގި އިންކުއަރީގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ހުލުސީ އަކާރްގެ ބަދަލުގައި ޑިފެންސް މިނިސްޓަރުކަމަށް ހަމަޖެއްސީ ތުރުކީ ސިފައިންގެ ޗީފް އޮފް ޖެނެރަލް ސްޓާފް ޔަސަރު ގުލޭރެވެ. ތުރުކީވިލާތުން 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ސޫރިޔާއަށް އަސްކަރީ ޙަމަލާތައް ދިން ދުވަސްވަރު އަސްކަރިއްޔާގެ ވެރިޔާގެ މަޤާމުގައި ހުންނެވި އުމުރުން 69 އަހަރުގެ ހުލުސީ އާކަރު ވަނީ އޭގެ ފަހުން އެޤައުމުގައާއި އިރާގުގައި ހިންގި އަސްކަރީ އޮޕަރޭޝަންތައް ބަލަހައްޓަވާފައެވެ.
އުރުދުޣާން ވަނީ އޭނާގެ ނައިބު ރައީސަކަށް ސެވްޑެޓް ޔިލްމާޒް ހަމަޖައްސަވާނެ ކަން ވެސް އިއުލާނު ކުރައްވާފަ އެވެ. ޔިލްމާޒް ވަނީ މީގެ ކުރިން ޑިވެލޮޕްމަންޓް މިނިސްޓަރުކަމާއި އުރުދުޣާންގެ އެޑަލެޓް ވެ ކަލްކަންމާ ޕާޓީ (ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ، އޭކޭ ޕާޓީ) ގެ އިކޮނޮމިކް އެފެއާޒްގެ ޑެޕިއުޓީ ޗެއާމަންކަމާއި އިގްތިސާދު ހިންގުމާ ހަވާލުވެ ހުންނެވި ބޮޑުވަޒީރުގެ ނައިބުގެ މަގާމު ވެސް ފުރުއްވާފަ އެވެ.
އުމުރުން 56 އަހަރުގެ ޔިލްމާޒް އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ޕްލޭނިން އެންޑް ބަޖެޓް ކޮމިޝަންގެ ޗެއާމަންކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ޔޫރަޕިއަން ލީޑާޝިޕް ނެޓްވޯކްގެ ސީނިއާ އެސޯސިއޭޓް ފެލޯ ޒިޔާ މެރަލް ، ފިދާން، ގުލާ އަދި ޔިލްމާޒް ސިފަކުރެއްވީ "އުރުދުޣާން އަށް އިތުބާރު ކުރެވޭނެ މަކަރުވެރި" ބައެއްގެ ގޮތުގަ އެވެ.
ރައީސް އުރުދުޣާންގެ އައު ކެބިނެޓްގެ މެމްބަރުންނާއެކު --- އަލްޖަޒީޒާ
އުރުދުޣާންގެ އާ ކެބިނެޓް:
ނައިބު ރައީސް: ސެވްޑެޓް ޔިލްމާޒް
ފޮރިން މިނިސްޓަރު: ހަކާން ފިދާން
ޓްރެޜަރީ އެންޑް ފިނޭންސް މިނިސްޓަރު: މެހެމަތު ސިމްސެކް
ޑިފެންސް މިނިސްޓަރު: ޔާސާރު ގުލަރ
އިންޓީރިއާ މިނިސްޓަރު: އަލީ ޔެރްލިކާޔާ
އެޑިއުކޭޝަން މިނިސްޓަރު: ޔޫސުފް ޓެކިން
ޖަސްޓިސް މިނިސްޓަރު: ޔިލްމާޒް ޓުންކް
ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު: މަހިނޫރު އޮޒްޑެމިރު ގޮކްޓަސް
ލޭބަރ އެންޑް ސޯޝަލް ސެކިއުރިޓީ މިނިސްޓަރު: ވެޑަތު އިސިޚާން
އެންވަޔަރަންމަންޓް، އާބަނައިޒޭޝަން އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓަރު: މެހްމެޓް އޮޒާސެކީ
އެނާޖީ އެންޑް ނެޗުރަލް ރިސޯސަސް މިނިސްޓަރު: އަލްޕާސްލާން ބައިރަކްޓަރު
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު: އުސްމާން އަސްކިން ބަކް
ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓަރު: މެހެމަދު ނޫރީ އެރްސޯއި
ހެލްތު މިނިސްޓަރު: ފަހްރެޓިން ކޮކާ
އިންޑަސްޓްރީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު: މެހްމަދު ފާތިހް ކާސިރު
އެގްރިކަލްޗާ އެންޑް ފޮރެސްޓްރީ މިނިސްޓަރު: އިބްރާހިމް ޔުމަކްލީ
ޓްރޭޑް މިނިސްޓަރު: އޮމަރު ބޮލަތު
ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު: އަބްދުލްކާދިރު އުރަލޮގްލޫ