އިންޑިއާގެ ޒުވާން ޗެސް ކުޅުންތެރިޔާ ޢުމުރުން 17 އަހަރުގެ ޑޮމްމަރަޖޫ ގުކޭޝް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ނޯވޭގެ ކުޅުންތެރިޔާ މެގްނަސް ކާލްސަން ބަލިކޮށްފިއެވެ.
ދުނިޔޭގެ އެއްވަނަ އަދި ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިޔާ ބަލިކުރީ އިންޑިއާގެ ޒުވާން ޗެސްތަރި ގްކެޝޫގެ 17 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އިންތިޒާމް ކުރި ޚާއްޞަ މެޗެއްގައެވެ.
އިންޑިއާގެ ޗެސް ގްރޭންޑްމާސްޓަރ ޑޮމްމަރަޖޫ ގުކޭޝްގެ މި އާދަޔާޚިލާފު މޮޅުކުޅުމާއެކު އޭނާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާގެ ތެރޭގައި ހިމަނަން ޖެހޭނެ ކުޅުންތެރިއެއް ކަމަށް ބުނެ ގިނަބަޔަކުދަނީ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރަމުންނެވެ.
ނޯވޭ ޗެސް މުބާރާތުގެ ކުރިން ބޭއްވި ބްލިޓްޒް އިވެންޓުގައި އިންޑިއާގެ ޒުވާން ޗެސް ތަރި ދުނިޔޭގެ ޗެމްޕިއަން މެގްނަސް ކާލްސަން ގެ މައްޗަށް ކުރި ހޯދުމުން ގުކޭޝްގެ އުފަންދުވަހާއި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިކަން އިންތިޒާމްކުރާ ފަރާތުން ވަނީ އޭނާއަށް ކޭކެއް ހަދިޔާކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު ގުކޭޝް ކާލްސަން ބަލިކުރި ބްލިޓްޒް އިވެންޓަކީ އޭގެ ފަހުން ބޭއްވި ކްލެސިކަލް އިވެންޓަށް ކޮންމެ ކުޅުންތެރިއެއްގެ ވެސް ސީޑްސް ކަނޑައެޅުމަށް ބޭއްވި އިވެންޓެކެވެ.
ސްވެން މެގްނަސް އޯން ކާލްސަން (އުފަންވީ 30 ނޮވެމްބަރު 1990) ނޯވޭގެ ޗެސް ގްރޭންޑްމާސްޓަރ،
ފަސް ފަހަރު ވޯލްޑް ޗެސް ޗެމްޕިއަންކަން ހޯދި (2013-2023)
ނޯވޭގެ ސްޓެވަންޖާގައި ކުރިއަށްދާ މި މުބާރާތުގައި 10 ކުޅުންތެރިން ވާދަކުރެ އެވެ.
މިމުބާރާތުގެ ޗެމްޕިއަންއަށް ގާތްގަނޑަކަށް 68،400 ޑޮލަރު ލިބޭއިރު ދެ ވަނަ އަށް 36،500 ޑޮލަރު ލިބޭނެ އެވެ.
ގުކޭޝް އާއި ކާލްސަންގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އަލީރޭޒާ ފައިރޫޒާ، އަނީޝް ގިރީ، ވެސްލީ ސޯ، ހިކަރޫ ނަކަމޫރާ އަދި ފަބިއާނޯ ކަރުއާނާ ވެސް މިމުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނެ އެވެ.
ރަސްމީ މުބާރާތުގެ ތިން މެޗަށް ފަހު ގުކޭޝް އޮތީ އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެ، އެއް މެޗު ން އެއްވަރުވެގެން ތާވަލުގެ ހަތަރު ވަނައިގަ އެވެ.
ދެ މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެ ކާލްސަން އޮތީ ޓޭބަލްގެ 8 ވަނައިގަ އެވެ. ތާވަލުގެ އެންމެ ކުރިން ޖާގަ ކަށަވަރު ކޮށްފައިވަނީ ކަރޫއާނާ އެވެ.
މިދިޔަ ހަފުތާގައި ކާލްސަން ވަނީ އޭނާ 10 އަހަރު ވަންދެން ހިފަހައްޓާފައިވާ ވޯލްޑް ޗެމްޕިއަންޝިޕްގެ ތަށި ދޫކޮށްލި ފަހުން ފުރަތަމަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ޕޮލެންޑްގައި ބޭއްވި ސުޕަބެޓް ރެޕިޑް އެންޑް ބްލިޓްޒް މުބާރާތް ކާމިޔާބު ކުރުމަށް ފަހު އޭނާ ބުނީ ރިޓަޔާކުރުމަށްފަހު އަލުން މިފަދަ ޝަރަފެއް ލިބުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ.
ޒުވާން އުމުރުގައި ޗެސް ކުޅުމުގެ ތެރެއަށް އައި ގުކޭޝް ވަނީ ޗެސްގެ ސަފުތަކުގެ ތެރެއިން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާދަޔާ ޚިލާފު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައެވެ. ގްކޭޝްއަށް މިމުބާރާތުގެ ޗެމްޕިއަންކަން ލިބިއްޖެނަމަ ވެގެންދާނީ ދުނިޔޭގައި 3 ވަނައަށް އެންމެ ޒުވާން ގްރޭންޑްމާސްޓަރުގެ މަގާމު ހޯދި ކުޅުންތެރިޔާއަށެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ޗެސްގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒުވާން ހުނަރުވެރިން ތަކެއް އުފެދި، ތާރީހުގައި ވެސް އެންމެ ޒުވާން ޗެސް ޗެމްޕިއަނުންގެ ޝަރަފު ހޯދައިފައިވަނީ، 2002 ވަނަ އަހަރު އުމުރުން 12 އަހަރާއި 7 މަހުގައި ޗެސް ތާރީހުގައި އެންމެ ޒުވާން ގްރޭންޑްމާސްޓަރުގެ މަގާމު ހޯދި ރަޝިއާގެ ސާގޭ ކަރްޖާކިން އެވެ.
މިހާތަނަށް ދުނިޔޭގެ ދެވަނައަށް އެންމެ ޒުވާން ގްރޭންޑް މާސްޓަރަކީ އުމުރުން 15 އަހަރުގައި ގްރޭންޑްމާސްޓާގެ ލަގަބު ހާސިލްކުރި ހަންގޭރީގެ އަންހެން ކުޅުންތެރިއެއް ކަމުގައިވާ ޖުޑިތު ޕޮލްގާރްއެވެ. އޭނާ މި ޝަރަފުވެރި ތަށި ހޯދީ އޭގެކުރިން އެންމެ ޒުވާން ޗެމްޕިއަންގެ ގޮތުގައި ހުރި އެމެރިކާގެ ބޮބީ ފިޝަރުގެ ރެކޯޑް މުގުރާލުމަށް ފަހުއެވެ.
ޗެސްގެ ދުނިޔޭގައި ކާމިޔާބު ހޯދުމުގައި އުމުރަކީ ހުރަހެއް ނޫންކަން ސާބިތުކޮށްދީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުއްމީދީ ކުޅުންތެރިންނަށް އިންސްޕިރޭޝަނެއްގެ ގޮތުގައި މި ޒުވާން ޗެސް ޗެމްޕިއަނުން އުންމީދު އާކޮށްދެއެވެ.