Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅިކަމަށް ބުނެ 5 މީހެއްގެ މައްޗަށް ދައުވާކޮށްފި

އިިދިކޮޅު ޕީޕީއެމުން ސިލްސިލާކޮށް ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މޮޓޮކޭޑު ވަން މައްސަލާގައި މޮޓޮކޭޑަށް ހުރަސްއެޅިކަމަށް ބުނެ 5 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

މި އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހުގައި ހުޅުމާލޭގައި އޮތް ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު މާލެއަށް ވަޑައިގެން ޕީޕީއެމް އޮފީސް ކުރިމަތީގައި ތިބި މުޒާހަރާވެރިންގެ ތެރއަށް ރައީސްގެ މޮޓޮކޭޑު ވަނެވެ.

އެތަނުގައި އެވަގުތު ތިބި މުޒާހަރާވެރިންވަނީ ރައީސާމެދު ނުރުހުން ފާޅުކޮށް ޚިޔާލުފާޅުކޮށްފައެވެ. ވިއްސަކަށް މިނިޓު މަޑުކުރުމަށްފަހު މޮޓޯކޭޑަށް ޖެހުނީ އަނބުރާލާފައި އެހެން މަގަކުން ދާށެވެ.

އެ މައްސަލައާ ގުޅިގެން ރަައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު ޢަބްދުﷲ އިބްރާހީމު ވަގުތީ ގޮތުން ޒިންމާއިން އެކަހެރިކުރުމަށްފަހު، އެކަމުގައި އޭނާގެ އިހުމާލެއް ނެތްކަމަށް ނިންމައި، ބްރިގޭޑިއާ ޖެނެރަލްގެ ދަރަޖައަށް އޭނާވަނީ ޕްރޮމޯޓުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންވަނީ ކުރިމިނަލް ކޯޓަށް ފޮނުވާފައެވެ. އެ ފަސް މީހުންގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާއެވެ.

މި ލިއުމާއި ގުޅޭ