Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ބަދަލުގެ ގޮތުގައި ދިން ފައިސާއާއި މަސައްކަތްކުރި ކުންފުނިތަކަށް ނުދީހުރި ފައިސާގެ ތަފުސީލު ހާމަނުކުރި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއާއި އެ ފައިސާ ލިބުނު ކުންފުނިތަކާއި، ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށްފަހު، އެ ފައިސާ ނުދެވި ހުރި ކުންފުނިތަކުގެ ތަފުސީލު ފިނޭންސް މިނިސްޓްރީން ހާމަނުކުރިއެވެ.

ރައީސް އިބްރާހީމު މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ބަދަލުގެ ގޮތުގައި އެކި ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވެއެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 100.9 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ކުންފުނިތަކަށް ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ.

މިއަހަރު ބަދަލުގެ ގޮތުގައި ފައިސާ ދޫކުރި ކުންފުނިތަކުގެ ތަފުސީލު ހޯދުމަށް އޮންލައިން ނޫހަކުން އެދުމުން ފިނޭންސް މިނިސްޓްރީންވަނީ އެ މައުލޫމާތު ހާމަކުރަން އިންކާރުކޮށްފައެވެ. އެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުވަނީ އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތުކަމަށް ކަނޑައަޅުއްވާފައެވެ.

"ދިޔަރެސް"އިންވަނީ ރައީސް އިބްރާހީމު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ފެށިގެން މި އަހަރުގެ އޭޕްރީލު މަހުގެ 13 ވަނަ ދުވަހާ ހަމައަށް ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއާއި އެ ފައިސާ ލިބުނު ކުންފުނިތަކާއި ކޮންމެ ކުންފުންޏަކަށް ފައިސާ ލިބުނު މިންވަރު އެނގޭނެހެން ހާމަކުރަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީގައި އެދިފައެވެ.

ސަރުކާރުގެ އެކި މަޝްރޫޢުތައް ނެގުމަށްފަހު، މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމުން ލިބެންޖެހޭ ފައިސާ ނުލިބޭކަމަށް ގިނަ އަދަދެއްގެ ވިޔަފާރިތަކުން ބުނެއެވެ. އަދި އެފަދައިން ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އެހެންކަމުން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ސަރުކާރުގެ އެކި މަޝްރޫޢުތަކުގެ މަސައްކަތްކުރި ކުންފުނިތަކަށް ނުދީ ހުރި ފައިސާގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް"އިން ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެއެވެ.

މައުލޫމާތު ހާމަކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާ 21 ދުވަސް ފަހަނައެޅިފަހުން ފިނޭންސްއިންވަނީ އިތުރު 14 ދުވަހުގެ މުއްދަތެއް މައުލޫމާތު ހާމަކުރުމަށް ދިނުމަށް އެދިފައެވެ. އެ 14 ދުވަހާއެކު، ޤާނޫނުން މައުލޫމާތު ހާމަކުރަން ލިބޭ 35 ދުވަސް ފާއިތުވިއިރު އެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިނުވެއެވެ.

ޤާނޫނުގައި މައުލޫމާތު ހާމަކުރަން ލިބިދޭ މުހުލަތުގެ ތެރޭގައި މި މައުލޫމާތުތައް ހާމަނުކުރުމާ ގުޅިގެން އެ މައްސަލަ "ދިޔަރެސް"އިންވާނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައެވެ.

ރައީސް އިބްރާހީމު ވެރިކަމަށް ވަޑައިގަތީ ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ޤާއިމުކުރެއްވުމަށް ވައުދުވެވަޑައިގެންކަމަށްވީ ނަމަވެސް ސަރުކާރުގެ އެކި މުއާމަލާތްތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ހުށަހެޅުމުން ސަރުކާރުން އަންނަނީ އެ މައުލޫމާތު ހާމަކުރަން ދެކޮޅުހަދަމުންނެވެ.

މި ލިއުމާއި ގުޅޭ