Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި

ހައްޔަރުކުރި ޕާކިސްތާނު 4 މީހުންގެ ހަށިގަނޑުން 227 ބުލެޓުގެ މަސްތުވާތަކެތި!

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނިކޮށް ހައްޔަރުކުރި ޕާކިސްތާނުގެ ހަތަރު މީހުންގެ ހަށިގަނޑުން ޖުމްލަ 227 ބުލެޓުގެ މަސްތުވާތަކެތި ހޯދައިފައިވާކަން އެނގިއްޖެއެވެ.

އެ ހަތަރު މީހުން މިހާރު ތިބީ ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެ ހަތަރު މީހުންނަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުންކަމުގެ ތުހުމަތެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ހާޒިރުކުރުމުން އެމީހުންގެ ބަންދަށް އެންމެ ފުރަތަމަ ދީފައިވަނީ ފަސް ދުވަހެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެ އެންމެން ރާއްޖެ އައިރު، އެ މީހުންގެ އަމަލުތައް ހުރި ގޮތުން، ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވިފައިވާކަމަށާއި އެ ތުހުމަތުގައި އެ އެންމެން އައިޖީއެމްއެޗަށް ގެންގޮސް، ސްކޭންކޮށްގެން ބެލި އިރު އެ އެއްޗެހި ފެނިފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ދޫނިދޫ މެޑިކަލް ކްލިނިކަށް އެމީހުން ގެންގޮސް ފުލުހުން ވަނީ އެމީހުން ބޮޑުކަމު ދިޔަ ތަކެތީގެ ތެރެއިން ޖުމްލަ ބަރުދަނުގައި 2.9 ކިލޯގެ 227 ބުލެޓު މަސްތުވާތަކެތި ހޯދާފައެވެ.

އެމީހުންގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ހުސްކޮށް ކްލިނިކުން ދޫކޮށްލުމަށްފަހު އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިޙާރު ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ މި ހަތަރު މީހުންވެސް ކުށަށް އިއުތިރާފު ވެފައިވާކަމަށާއި މި މީހުން ހިންގާފައިވަނީ ޖަމާއަތް ހަދައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ ޓްރެފިކް ކުރުމުގެ އަމަލެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ