Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

ދިވެހި ގައުމަށް ހިޔާނަތްތެރިވި ބައެއް ގޮތުގައި ސަރުކާރުގެ ވެރިންގެ ނަންތައް ލިޔެވޭނެ: އަލީ

މިފަހުގެ ތާރީހެއްގައި ދިވެހި ގައުމަށް އެންމެ ބޮޑު ހިޔާނަތްތެރިވި ބައެއްގެ ގޮތުގައި ގޮތުގައި މި ސަރުކާރުގެ ވެރިންގެ ނަންތައް ލިޔެވިގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވީ ކަނޑު ވިއްކައިލުމާ ދެކޮޅު އިއްތިހާދުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ބާނަ ބާނައި ތިއްބައި ތިޔަ ވިއްކާލީ ކަނޑު" އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ދިވެހި މަސްކަނޑުން ބައެއް ގެއްލުމަކީ ދިވެހިންގެ ޝަރަފާއި ގައުމުގެ ކަރާމަތާއި ގުޅިފައިވާ ކަމެއް ކަމަށާއި މިހާރު ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މީގެކުރިން ރައްޔިތުން މަޖިލީހުގައި ހުންނަވައިގެން ދިވެހި ރާއްޖޭގެ މަސްކަނޑުގެ ނިސްބަތަކީ ނުވަތަ ކަނޑައަޅާފައިވާ އިގްތިޞާދީ ސަރަހައްދަކީ 200 ނޯޓިކަލް މޭލު ކަމަށް ކަނޑައެޅި ގާނޫނަށް ވޯޓު ދެއްވާފައިވާކަމަށެވެ.

ނަމަވެސް މިއަދު އެމަނިކުފާނުގެ އެ ހޮތްވަރު ނެތްކަމަށާއި މިއަދު ރައީސް އިބްރާހީމަކީ ދިވެހި ގައުމަށް ހިޔާނާތްތެރިވެ ޣައްދާރުވެފައިވާ ބޭފުޅެއްކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

"މިއަދު އެމަނިކުފާނުގައި ނެތޭ ހިތްވަރެއް. ހިތްވަރު ނެތްތާ ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް ދިވެހި ގައުމު ދިފާއު ކުރުމުގެ ބަދަލުގައި އަޅުގަނޑުމެންނަށްވީ ބޭވަރާތެރި، އަޅުގަނޑުމެނަށްވީ ޣައްދާރު، ހިޔާނާތްތެރި." އަލީ ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ ސަރުކާރުން އމަަލު ކުރިގޮތުގެ ސަބަބުން ފަހުގެ ތާރީހެއްގައި ދިވެހި ގައުމަށް އެންމެ ބޮޑު ހިޔާނަތްތެރިވި ބައެއްގެ ގޮތުގައި މި ސަރުކާރުގެ ވެރިންގެ ނަންތައް ލިޔެވިގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ވާހަކަ ދިވެހި ތާރީހުގައި ލިޔާނީ ގައުމަށް ހިޔާނަތްތެރިވި، ދިވެހި މަސްކަނޑު ވިއްކާލި ސަރުކާރުގެ ގޮތުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އަލީ ވިދާޅުވީ އިޓްލޮސްގެ ނިންމުމާއި ހިސާބުން ކަރުއެލުވާލައި އުންމީދު ކަނޑާލާކަށް ނުޖެހޭ ކަމަށެވެ. އަދި ދިވެހިންނަށް ކަނޑު ގެއްލުނީ ނޫން ކަމަށާއި ކުރެވޭނެ ކަންތައް އަދި ކުރާނެ ކަންތައް ވެސް ލައްކަ ބައިވަރު އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ