Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ކާނަލް މުޙައްމަދު ނާޒިމް

ނާޒިމް ރައީސް އިބްރާހީމަށް: މަނިކުފާނަށް ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީއެއް ނެތް

ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވުމުގެ އަޚުލާޤީ ބާރުވެރިކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ނެތްކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

ކަނޑު ވިއްކައިލުމާ ދެކޮޅު އިއްތިހާދުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ބާނަ ބާނައި ތިއްބައި ތިޔަ ވިއްކާލީ ކަނޑު" އެއްވުމުގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޭނާ ދަންނަވައިލަން ބޭނުންފުޅުވަނީ މި ޤައުމުގެ ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީއެއް މިހާރު އެމަނިކުފާނަށް ނެތް ކަމުގައެވެ. އަދި ޤާނޫނުގެ ބޭރުން ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރައްވާފައިވާ ކަމަށާއި، އެފަދައިން ކަންކަން ކުރެއްވުމަށްފަހު ވެރިކަމުގައި ނުހުންނެވޭނެކަމަށްވެސް ނާޒިމު ވިދާޅުވިއެވެ.

ނާޒިމު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވުމުން ތަންތަނަކަށް ސިޓީ ނުފޮނުއްވޭނެކަމަށާއި، ޤައުމީ ކަންކަމުގައި ތަންތަނަށް ސިޓީބިޓީ ފޮނުއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ނަންގަވަންޖެހޭނެ ކަމަށެވެ.

އަދި ރާއްޖެއަށް ގެއްލުނީ ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައި އޮތް ސަރަހައްދެއްކަން ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ 44،000 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ދިވެހިރާއްޖެއިން އުުނިވުމަކީ މަޑުން ތިބެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމުގައި މަގުމަތިންނާއި އެހެން ގޮތް ގޮތުންވެސް ދިވެހިން އަޑުއުފުލަންޖެހޭ ކަމެއް ކަމުގައި ނާޒިމު ވިދާޅުވިއެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 3 އަހަރު ނުވަނީސް ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނެއް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ފާސްކުރި ކަމަށާއި، އޭގެ ފަހުން ފާއިތުވި 50 އަހަރު ތެރޭގައި ރާއްޖޭގެ ކަނޑުން އަކަމީޓަރެއްގެ މިންވަރުވެސް މިއަދާ ހަމައަށް ދިވެހިން ދޫކޮށްފައިނުވާކަމަށާއި، މިހާރު ދެން ކަނޑުން ބައެއް ދޫކުރުމަށް ދިވެހިން ނުރުހޭނެ ކަމަށެވެ. ނާޒިމު ވިދާޅުވީ މިހާރު މިފެނުނީ ފޮނުވައިލި ސިޓީއަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ދޫކޮށްލި ކަމަށެވެ.

ނާޒިމު އިތުރަށް ވިދާޅުވެފައިވަނީ ރައީސް އިބްރާހީމު ހުންނެވީ ޤައުމަށް ޚިޔާނާތްވެފައިވާ ކަމަށެވެ. "މިސަރުކާރު މިއޮތީ ބޮޑުތަނުން ފެއިލްވެފައި. މި ސަރުކާރު ބަދަލުކުރަންޖެހޭ. ސަރުކާރު އޮތީ ކޮމްޕްރޮމައިޒްވެފައި،" ނާޒިމު ވިދާޅުވިއެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ ރައީސް އިބްރާހީމުގެ މައްޗަށް ޤާނޫނު އަސާސީން ސާފުކޮށް ފެންނަން އޮތް ކަމަށެވެ. އަދި ރައީސްގެ މައްޗަށް ދައުވާކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ