Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުމަރު ނަސީރު

ޤައުމެއްގެ ވެރިކަމަށް ފުށްގަނޑެއްހެން މޮޑެވޭ ޒާތުގެ ވެރިން އައުމުން ބާރުގަދަ ޤައުމުތަކުން މޮޑޭނެ: އުމަރު

ޤައުމެއްގެ ވެރިކަމަށް ފުށްގަނޑެއްހެން މޮޑެވޭ ވެރިން އައުމުން ބާރުގަދަ ޤައުމުތަކުން އެވެރިން މޮޑޭނެކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ކަނޑު ވިއްކައިލުމާ ދެކޮޅު ކޯލިޝަނުން މިރޭ ކާނިވަލު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވެފައިވަނީ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުމާ ގުޅިގެން އެދުވަހުގައި ސަރުކާރުގެ ވެރިން ނުކުމެވަޑައިގެން އެއް ބޭފުޅަކު އަނެއް ބޭފުޅަކު ގައިގައި ބައްދައި މަރުހަބާ ވިދާޅުވެ، ރާއްޖެއަށް ބޮޑު ބައެއް ލިބުނުކަމަށް ވިދާޅުވި ކަމަށެވެ.

ނަމަވެސް މައްސަލަ ފައިސަލާކޮށް ނިމުނު ގޮތަށް ބަލާއިރު، ރާއްޖެއަށް ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި، 5000 މަސްވެރި އާއިލާތަކުގެ ހުރިހާ އެންމެންގެ ހައްގުތައް ދޫކޮށްލީކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ސަރަހައްދުން ޖުމްލަ 42،000 އަކަކިލޯމީޓަރު ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި މިފަދައިން ކަނޑު ވިއްކައިލީ ބޭރުގެ ޤައުމެއްގެ ނުފޫޒުގެ ސަބަބުންކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެގޮތުން އުމަރު ވިދާޅުވީ ކަނޑު ބޮޑު ބައެއް ދޫކޮށްލީ، ކޮން ޤައުމެއްގެ ނުފޫޒުންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. "ކަނޑުގެ ބައެއް ދޫކޮށްލީ ކޮން ބިރިޔާނީއެއް ކައިގެން ހެއްޔޭ؟ ކަނޑުގެ ބައެއް ދޫކޮށްލީ ބިރިޔާނީ ކައިގެންކަން އެނގޭ!،" އުމަރު ވިދާޅުވިއެވެ.

އަދި ކުރީގެ ސަރުކާރުތަކާއި މިހާރުގެ ސަރުކާރުގެ ތަފާތު ބަޔާންކޮށްދެއްވަމުން އުމަރު ވިދާޅުވީ ރައީސް އިބްރާހީމް ނާސިރުގެ ޒަމާނުން ފެށިގެން ރާއްޖޭގެ އެއްވެސް ވެރިޔަކު ރާއްޖޭގެ ކަނޑުގެ ސަރައްދެއް ދޫކޮށްފައިނުވާ ކަމަށެވެ. ކޮންމެ ވެރިކަމެއް އޮތް ނަމަވެސް ނިކުންނާނީ އެއް ނަތީޖާއެއްކަމަށް އެމްޑީޕީ މެންބަރުން ދައްކަވާ ވާހަކަފުޅަށް ރައްދުދެއްވަމުން އުމަރު ވިދާޅުވީ ކުރީގެ ރައީސުންކުރެ އެއްވެސް ބޭފުޅަކު ޗާގޮސްއަކީ އަދި އެތަނާއި ގުޅިފައިވާ ކަނޑުގެ ސަރަހައްދަކީ މޮރިޝަސްގެ ސަރަހައްދެއްކަމަށް އެއްބަސްވެވަޑައިގެންފައިނުވާ ކަމަށެވެ.

ޤައުމެއްގެ ވެރިކަމަށް ބަލިކަށި ވެރިން އައުމުން ކަން ހިނގާ ގޮތަކީ ފުށްގަނޑެއްހެން އެވެރިން މޮޑެލެވުންކަމަށް ވިދާޅުވެ، އުމަރު ދިވެހި ތާރީޚުން މިސާލެއް ދެއްކެވިއެވެ. އެގޮތުން އިނގިރޭސިން ކިލެގެފާނު އޮޅުކޮށްގެން އެކިލެގެފާނު ލަންކާއަށް ގެންގޮސް އެ ޤައުމުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަށް ވައްދައި އައްޑޫ ގަން 100 އަހަރަށް ކުއްޔަށް ދިނުމަށް ސޮއިކުރި ކަމަށެވެ.

"އެއިރުގެ ކިލެގެފާނަށް އިނގިރޭސިން ދިނީ ފިޝް އެންޑް ޗިޕްސް. މިހާރުގެ ކިލެގެފާނު އިންނެވީ ބިރިޔާނީ ފަރިއްކުޅުއްވައިގެން.،" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކިލެގެފާނުގެ މެދުގައި ހުރި އެއްގޮތް ކަންކަން ފާހަގަކުރައްވައި އުމަރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ