Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

މަޝްހޫރުކަމާ އެކު ދިރިއުޅުން ބަދަލުވެއްޖެ: ހާލަންޑް

އޭނާ ދާ ކޮންމެ ތަނަކުން ވެސް މީހުންނަށް ފާހަގަވާ ކަމަށާއި، މަޝްހޫރުކަމާ އެކު މުޅި ދިރިއުޅުން ބަދަލުވެ ކުރީގެ އުޅުނު އާދައިގެ ދިރިއުޅުން މިހާރު ނޫޅެވޭ ކަމަށް މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ބުނެފި އެވެ.

މިދިޔަ ސީޒަނަށް ފަހު ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް މެންޗެސްޓާ ސިޓީ އަށް ބަދަލުވެ ހާލަންޑް އަންނަނީ ފުރަތަމަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި ސިޓީ އަށް ހާލަންޑް ވަނީ މިހާތަނަށް 52 ގޯލު ޖަހައިފަ އެވެ. ޕްރިމިއާ ލީގުގައި ރެކޯޑް އަދަދަކަށް 36 ގޯލު ޖެހި އެވެ.

ހާލަންޑުގެ މަޝްހޫރުކަން އިތުރުވެ އޭނާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދައިފައިވާ ކުޅުންތެރިއެކެވެ.

"ޔަގީނުން ވެސް އަހަރެންގެ ދިރިއުޅުން ބަދަލުވެއްޖެ. ކުރިން އުޅުނު އާދައިގެ ގޮތަށް މިހާރު ނޫޅެވޭ. އެކަމާ އަހަރެން ކުރާނެ ޝަކުވާއެއް ނެތް. އަހަރެން ދިގުމިނުގައި 196 ސެންޓިމީޓަރު ހުންނާތީ އާއި ދިގު އިސްތަށިގަނޑާ ހެދި ކޮންމެ ތަނަކަށް ދިއަޔަސް މީހުންނަށް އަހަރެން ފާހަގަވޭ. އޭގަ އަހަރެން ކީއްކުރާނީ؟" ހާލަންޑުގެ މަޝްހޫރުކަމާ ގުޅުވައިގެން ސުވާލުކުރުމުން ބުންޏެވެ.

މި ސީޒަނުގައި ސިޓީ އިން ޕްރިމިއާ ލީގު ކާމިޔާބުކޮށް އެޓީމަށް ބާކީ އޮތީ އިނގިރޭސި އެފްއޭ ކަޕް ފައިނަލާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލެވެ. ހާލަންޑް ބުނީ އެ ދެ ތަށި ހޯދައި، ތިން ތަށީގެ ޓީމެއްގެ ގޮތުގައި ސީޒަން ނިންމާލަން އޭނާ އަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

"ސިޓީ އިން އަހަރެން ގެނައީ ތަށި ހޯދަން. އެއީ ސިއްރެއް ނޫން. ސިޓީ އަށް ތިން ތަށި ހޯދައިދޭން އަހަރެންނަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނަން" 22 އަހަރުގެ ފޯވާޑް ބުންޏެވެ.

ހާލަންޑް ބުނީ ސިޓީއާ ދެކޮޅަށް އެފްއޭ ކަޕްގެ ފައިނަލުގައި ނުކުންނަ މެންޗެސްޓާ ޔުނައިޓެޑާއި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ނުކުންނަ އިންޓަ މިލާނަކީ ވަރުގަދަ ދެ ޓީމު ކަމަށެވެ. އެހެންވެ އެ މެޗުތައް ފަސޭހަ ނުވާނެ ކަމަށް ހާލަންޑް ބުންޏެވެ.

މި ލިއުމާއި ގުޅޭ