Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗާގޮސް

މިރޭގެ އެއްވުމާއި ގުޅިގެން ސިފައިން އެލާޓަށް ގެނެސްފި

ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ވިއްކާލި މައްސަލާގައި މިރޭ ބާއްވާ އެއްވުމާއި ގުޅިގެން ގައުމީ ދިފާއި ބާރު އެލާޓަށް ގެނެސްފިއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާގޮތުގައި ސިފައިން އެލާޓަށް ގެނެސް ސިފައިންގެ މަރުކަޒުގައި ތިބި ސިފައިން ބޭރަށް ނުދިއުމަށް ވަނީ އަންގާފައެވެ.

ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމާ ދެކޮޅަށް އަޑު އުފުލަން ރާއްޖޭގެ އެކި ހިސާބުތަކުން މިރޭ މާލެ އައިސް ބޮޑު އެއްވުމެއް ބޭއްވުމަށް ދަނީ ރާވަމުންނެވެ.
މި އެއްވުމުގައި އިދިކޮޅު ޕީޕީއެމް އެމްއެންޕީ އަދި ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވާއިރު ސަރުކާރުގެ ކޯލިޝަން ޕާޓީތަށް ކަމަށްވާ ޖޭޕީ އަދި މިހާރު އުވާލާފައިވާ އެމްއާރްއެމްއިން އެ ހަރަކާތުގައި ބައިވެރި ނުވެއެވެ.

މިރޭގެ އެއްވުމަކީ ހަމަނުޖެހުންތަކެއް ހިންގާނެ އެއްވުމެއްކަމަށް ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނިނަމަވެސް އެ އެއްވުމަކީ ސުލްހަވެރި އެއްވުމެއްކަމަށް އެއްވުން އިންތިޒާމްކުރާ ކަނޑު ވިއްކާލުމާ ދެކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދޫކޮށްލާފައިވަނީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓިއަކުންނެވެ.

މި ލިއުމާއި ގުޅޭ