Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިޑެން ސްޓޭޖް މައްޗަށް ވެއްޓިއްޖެ

އެމެރިކާގެ ކޮލޮރާޑޯގައި ހުންނަ ޔޫއެސް އެއާފޯސް އެކަޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށްފަހު އިށީދެ ވަޑައިގަތުމަށް ވަޑައި ގަންނަވިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެއްޓިވަޑައިގެންފި އެވެ.

އުމުރުފުޅުން 80 އަހަރުގެ އެ ގައުމުގެ އެންމެ ދުވަސްވީ ރައީސް ވެއްޓިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަށް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަންނަވާ ކަމަށް ވެއެވެ.

ދަސްވެނިވި 921 ކެޑޭޓުންގެ ތެރެއިން ކޮންމެ ކެޑޭޓަކާ ސަލާމް ކުރައްވަން ގާތްގަނޑަކަށް ދޮޅު ގަޑިއިރު ވަންދެން ރައީސް ހުންނެވިއެވެ.
ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މީގެ ކުރިން ވިދާޅުވެފައި ވަނީ "އޭނާގެ ހާލު ރަނގަޅު" ކަމަށެވެ.

ބުރާސްފަތި ދުވަހުގެ މި ހާދިސާއަށްފަހު ބެން ލަބޯލްޓް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ވަޑައިގެންނެވި އިރު ސްޓޭޖްމަތީގައި "ސޭންޑްބޭގް" (ވެލިކޮޅެއް) އެއް އޮތް ކަމަށެވެ.

ބައިޑަންވެސް ފަހުން އެދުވަހު ހަވީރު ވައިޓް ހައުސްއަށް ވަޑައިގެން ނޫސްވެރިންނާ ދިމާލަށް ހިނިތުންވެވަޑައިގެން ހުންނަވާ އެކަމަށް ޖޯކު ޖައްސަވާ ސަމާސާ ރާގެއްގައި ވިދާޅުވީ ސްޓޭޖްމަތީގައި ހުރި ބްލެކް ސޭންޑް ބޭގެއްގައި އަޅައިގަތީ ކަމަށެވެ.

މި ހާދިސާގެ ފުޓޭޖުން ފެންނަ ގޮތުގައި ބައިޑަން ވެއްޓި ވަޑައިގަތުމުން އެއާފޯސްގެ އޮފިޝަލަކާއި އޭނާގެ ސީކްރެޓް ސާވިސްގެ ދެ މެމްބަރަކު އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމުން އޭނާގެ ޓެލެޕްރޮމްޕްޓަރ ގައި ބޭނުންކުރި ދެ ވެލި ކޮތަޅުގެ ތެރެއިން އެއް ވެލި ކޮތަޅަށް އިޝާރާތް ކުރައްވައެވެ.

އެކްސިޑެންޓް ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހަފްލާ ނިމުމުން އޭނާ އެނބުރި ގޮނޑިއާ ދިމާއަށް ހިނގައިގަތުމާއެކު އެނބުރި މޮޓޯކޭޑަށް ވަޑައިގަންނަވާ ތަން ފެނުނެވެ.
ޕޫލް ރިޕޯޓަރު އިތުރަށް ބުނީ ރައީސް އެނބުރި މަތިންދާބޯޓަށް ވަޑައިގަތުމުން ސުވާލު ނުކުރައްވާ ކަމަށެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރިން ޖީން ޕިއެރޭ ވިދާޅުވީ ބައިޑަންގެ ހާލު މުޅިން ރަނގަޅު ކަމަށާއި މަތިންދާބޯޓަށް އެރުއްވީ ހިނިތުންވުމާ އެކު ކަމަށެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ ބައިޑަން އަކީ ރައީސްކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިނުލެވޭ ވަރަށް މުސްކުޅި ބޭފުޅެއް ކަމަށެވެ.
ފަހުގެ ޕޯލްތަކުން ދައްކާ ގޮތުގައި އެމެރިކާގެ ގިނަ މީހުން ކަންބޮޑުވަނީ އޭނާގެ އުމުރު މަތިވެފައިވާތީ އެވެ. އެ މަނިކުފާނު ކާމިޔާބު ކުރައްވައިފި ނަމަ ދެވަނަ ދައުރެއް ފެށޭއިރު އުމުރުފުޅަކީ 82 އަހަރެވެ.
2024 ވަނަ އަހަރުގެ ވައިޓް ހައުސް އިންތިޚާބުގައި ބައިޑަންއާ ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ އެންމެ ކުރީގައި ހުންނެވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަޔޯވާގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ހިނގި މި ހާދިސާއަށް ރައްދު ދެއްވައި ޖޯކް ޖައްސަވާ ފައެވެ.
ބައިޑަންގެ އުމުރަށް ވަރަށް ގިނައިން ފުރައްސާރަ ކުރައްވަމުން ގެންދަވާ ޓްރަމްޕް، 76، ވިދާޅުވި ގޮތުގައި އެމަނިކުފާނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެއީ ހައިރާން ވާ ޖެހޭ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ