Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އެމްޑީޕީއަށް ނިސްބަތްވާ ކޮލަމާފުށީގެ ނައިބު ރައީސް އަނެއްކާވެސް އެމްޑީޕީއަށް ސޮއިކޮށްފި

ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ގއ. ކޮލަމާފުށި ކައުންސިލްގެ ނައިބު ރައީސްއަކަށް ހޮވުނު ޝަހާމަތު ހަނީފް އަނެއްކާވެސް އެ ޕާޓީއަށް ސޮއިކޮށްފިއެވެ.

އެމްޑީޕީން ވަނީ ކޮލަމާފުށި ކައުންސިލްގެ ނައިބު ރައީސް އެ ޕާޓީއަށް ސޮއިކޮށްފައިވާކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.

ޝަހާމަތު ކައުންސިލަރު ކަމަށް ހޮވުނު ފަހުން އެމްޑީޕީން ވަކިވެފައި ނުވާއިރު އަނެއްކާ އޭނާ އެ ޕާޓީއަށް ސޮއި ކުރިކަމަށް ބުނުމުން ގިޔަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.

އެމްޑީޕީގެ އެ ޓްވީޓު ރިޓްވީޓުކޮށް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމްޑީޕީ ޓިކެޓުގައި ހޮވުނު ކައުންސިލަރަކު އަނެއްކާ އެ ޕާޓީއަށް ސޮއި ކުރިކަމަށް ބުނުމަކީ ޖޯކެއްކަމަށެވެ.

އަދި އެއްބަޔަކު އެކަން ސިފަކުރީ ގިނަ އަދަދެއްގެ ކައުންސިލަރުންތައް ދަ ޑިމޮކްރެޓްސްއާ ގުޅޭތީ ސަރުކާރު ފަރާތްތަކަށް ހަމަނިދި ނުނިދިގެން އަމިއްލަ ޕާޓީގެ މެންބަރު ދެވަނަ ފަހަރަށް ޕާޓީއަށް ވައްދަނީކަމަށެވެ.

މި ލިއުމާއި ގުޅޭ