Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޮލީ ބޯލް

އިސްތިއުފާދީ ގެއަށް ދިޔުން ނޫން ގޮތެއް ރަނޭޝް އަކަށް ނެތް: ކްލަބްތައް

އިދާރީ ކަންކަމުގައި ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް ފެއިލްވެ، ގޯސްތަކެއް ހެދިއްޖެކަން ގަބޫލުކޮށް މަގާމުން އިސްތިއުފާ ދެއްވުމަށް އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން ގޮވާލައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތައް ރިޕްރެޒެންޓުކުރުމަށް، އެކްލަބްތަކުން ހަމަޖެއްސި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް(ރިޔާ) ޓީވީއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހިންގުމުގައި ގިނަ ގޯސްތަކެއް ހަދަމުންދާތީ މުޅި ވޮލީބޯޅަ ފެމެލީއިން އެކަންކަމާ ދެކޮޅަށް ތެދުވެފައިވާ ކަމަށެވެ. އަދި ވޮލީބޯޅަ އަށް ކިރިޔާވެސް ލޯތްބެއް އޮތް ނަމަ، އިދާރީ ކަންކަން ރަގަޅުކޮށް އެސޯސިއޭޝަން ހަމަ މަގަށް އެޅުވުމަށް ކްލަބްތަކަށް ފުރުސަތު ދިނުމަށް ރިޔާ ވަނީ ގޮވައި ލައްވައިފައެވެ.

ކްލަބްތަކުގެ ފަރާތުން ވާހަކަ ދައްކަވަމުން ރިޔާ ވިދާޅުވީ އެންމެ ފަހުން އިއުލާނުކުރި ވޮލީ ބޯޅަ އެސޯސިއޭޝަންކަޕްގައި ޓީމްތައް ބައިވެރިވިލެއް ގިނަ ކަމުން އެމުބާރާތް ފަސްކުރުމަށްފަހު އެމުބާރާތާއި ގުޅޭއެއްވެސް މައުލޫމާތެއް ކްލަބްތަކަށް ދީފައި ނުވާ ކަމަށެވެ. ގިނަ ވަގުތު އެސޯސިއޭޝަން ހުންނަނީ ބަންދުކޮށްފައި ކަމަށާއި، އެހެންކަމުން އެމައުލޫމާތު ހޯދުމަށް ދާނެ ތަނެއްވެސް ކްލަބްތަކަށް ނޭނގޭ ކަމަށެވެ.

ރިޔާ ވިދާޅުވީ ވޮލީބޯޅަ އެސޯސިއޭޝަނުން މިހާރު ފެނިގެންދަނީ ދެތިން މީހަކު ތިބެގެން އެމީހަކު ބޭނުންވާ ނާޖާއިޒް ފައިދާ ނަގަމުންދާތަނެވެ.

"ދެމީހަކު ތިންމީހަކު މިހާރު އެސޯސިއޭޝަންގެ ތިބި މަގާމެއްގައި ތިބެގެން ދެން ހަމަ އަމިއްލަ ކަންތައްތަކެއް މިކުރަނީ، ޖާރޒީ ވިއްކުން ވިޔަސް، ނޫނިއްޔާ އެތާ ބެނާ ދެމުން ކަމަށްވިޔަސް، ނޫނިއްޔާ ވަކި އުސޫލެއް ގަވާއިދެއް ހަދައިގެން ތިމަންނަގެ ކްލަބަށް އެކަންޏޭ މި ސީޒަންގެ ޗެމްޕިއަންކަން ލިބޭކަހަލަ ގޮތަކަށް އެކަކު އެބޭނުން ހިފަނީ. އެކަކު ފާޑެއްގެ ރެކްރިއޭޝަނަލް ކަންތައްތަކުގަ ހަމަ ހުރިހާ ގޮތަކުން ގަވާއިދު ވެސް މޮޑެގެން އެބޭނުން ވެސް ހިފަނީ، މިދެ އަހަރު އެޗީވް ކުރެވުނު ދެކަމެއް ތިންކަމެއް މިބުނީ، ވޮލީބޯޅައަށް ފައިދާވާ އެއްވެސް ކަމެއް ނެތް ކުރެވިފައެއް" ރިޔާ ވިދާޅުވިއެވެ.

ރިޔާ ވިދާޅުވީ ވޮލީބޯޅަ ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވޭނީ މިހާރު އެ އެސޯސިއޭޝަންގެ ވެރިންކަމަށް ހެދިގެން ތިބި މީހުން ފެއިލްވީ ކަމަށް ގަބޫލުކޮށް މަގާމުތަކުން އިސްތިއުފާ ދީގެންނެވެ.

ކްލަބްތަކުން، ވޮލީބޯޅަ އެސޯސިއޭޝަން ހަމަ މަގަށް އެޅުވުމަށް ނިކުމެފައިވާއިރު، ޖެހި ޖެހިގެން ތިން އަހަރުގެ އަހަރީ އާންމު ޖަލްސާ ވޮލީ ބޯޅަ އެސޯސިއޭޝަނުން ބާއްވާފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވެސް ވަނީ ބުނެފައެވެ.

އެމިނިސްޓްރީން އިން މިހެން ބުނެފައި މިވަނީ ގާނޫނު ނަންބަރު 1/2014 މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ވޮލީބޯލް ފެމެލީ އެސޯސިއޭޝަންއިން" ފޯމް މެދުވެރިކޮށް އެ މިނިސްޓްރީއަށް އަށް ފޮނުވި ސިޓީއަކަށް ހާވާލާދީއެވެ.

ޔޫތު މިނިސްޓްރީ އިން ބުނީ 90 ދުވަސްތެރޭގައި ހިންގާ ގަވާއިދު އިސްލާހް ކުރުމަށްފަހު ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް ހުށަހެޅުމަށް 2021 ވަނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ސިޓީއަކުން ވޮލީބޯޅަ އެސޯސިއޭޝަނަށް އަންގާފައިވީނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށެވެ.

އޭގެ ފަހުން މިހާރު 3 އަހަރާ ގާތްވެފައިވީނަމަވެސް އަދި މިހާތަނަށް ވެސް ހިންގާ ގަވާއިދު އިސްލާހް ކުރުމަށްފަހު ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

މީގެއިތުރުން އެމިނިސްޓްރީއިން ބުނީ 2021 އަދި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ވޮލީ ބޯޅަ އެސޭސިއޭޝަނުން ހުށަނާޅާ ކަމަށެވެ. އަދި 2021، 2022 އަދި 2023 ގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ނުވާތީ ކަމިޝަނަރ އޮފް ސްޕޯޓްސް އަށް ލިބިގެންވާ ބާރުގެ ދަށުން، އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހާއި ތާރީޚް ލިޔުމުން އެ ކޮމިޝަނަށް އެންގުމަށް ވޮލީބޯޅަ އެސޯސިއޭޝަނަށް އަންގާފައިވާނެ ކަމަށެވެ.

އިސްވެ ފާހަގަ ކުރި ކަންކަން ވޮލީބޯޅަ އެސޯސިއޭޝަނުން ކޮށްފައި ނުވި ނަމަވެސް، ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާއިބެހޭ ގަވައިދުގެ 25 ވަނަ މާއްދާގެ (ށ) ގެ ދަށުން އަހަރީ ރިޕޯޓް ކޮންމެ އަހަރަކު މާޗް މަހުގެ 31 އަށް ހުށަނާޅާނަމަ ކުރަންޖެހޭ ޖޫރިމަނާ އެއްވެސް ކްލަބް ޖަމިއްޔާއެއް މިހާތަނަށް ޖޫރިމަނާ ކޮށްފައި ނުވާތީ ވޮލީ ބޯޅަ އެސޯސިއޭޝަން ވެސް ޖޫރިމަނާ ކޮށްފައި ނުވާނެ ކަމަށް ޔޫތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޔޫތު މިނިސްޓްރީއިން މިހެން ބުނެފައިވާއިރު، ކުޅިވަރު ގާނޫނު ބުނާގޮތުން ކޮންމެ އަހަރަކު ވޮލީ ބޯޅަ އެސޯސިއޭޝަންގެ ބަޖެޓް ފާސްކުރަން ވާނީ އެއެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުންނެވެ. މިއިން އެއްވެސް ކަމެއް ވޮލީބޯޅަ އެސޯސިއޭޝަނުން ކޮށްފައި ނުވި ނަމަވެސް ވޭތުވެ ދިޔަ ތިން އަހަރު ވެސް ޔޫތު މިނިސްޓްރީ އިން ވަނީ ކުޅިވަރުގެ ގާނޫނާއި ޚިލާފަށް ވޮލީ ބޯޅަ އެސޯސިއޭޝަނަށް ބަޖެޓް ދޫކޮށްފައެވެ. އަދި އެ އެސޯސިއޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް އެ ބަޖެޓު ބޭނުން ކޮށްފައެވެ.
މި ލިއުމާއި ގުޅޭ