Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިނޭންސް މިނިސްޓަރ އަމީރު

ރައީސް ނަޝީދުގެ ސަޕޯޓަރުންގެ އަދަދު 3500އަށް ތިރިވެއްޖެ ކަމަށް އަމީރު ވިދާޅުވެއްޖެ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންގެ އަދަދު 3500 އަށް ތިރިވެއްޖެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރް މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 'ދަ ޑިމޮކްޜެސްޓް' ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހެޅި ފޯމުތައް މަދުކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

އެޓްވީޓުގައި އަމީރު ވިދާޅުވީ "ތާރީޚް ހެކިވޭ އެމްޑީޕީ އާއެކި ނުކުތީމަ ފުރަތަމަ ބުރުންވެސް 95 ހާސްވޯޓު ނަގާކަން، އެހެނަސް ފެންނަން އޮތް ހަޤީޤަތަކީ ވަކިން ނުކުތުމުން އެ އަދަދު ތިންހާސް ފައްސަތޭކަ އަށް ތިރިވެއްޖެކަން" ކަމަށެވެ.

ޑިމޮކްރެޓްސް އުފައްދަން މިއަދު ހުށަހަޅާފައިވަނީ، 3،560 ފޯމެވެ. އަމީރު ހިމެނޭ ގޮތަށް ސަރުކާރު މަގާމުތަކުގައި ތިބި އެމްޑީޕީގެ ބައެއް މެންބަރުން ގެންދަނީ އެ އަދަދު މަދު ކަމަށް ބުނެ ފާޑުވިދާޅުވަމުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީއެއް އުފެއްދުމަށް ރަޖިސްޓްރީ ކުރާ އިރު ބޭނުން ވަނީ މަދުވެގެން 3،000 މެންބަރުންގެ ސޮޔެވެ.
ނަޝީދަށް 2013ގައި ލިބިވަޑައިގެންނެވި 95،000 ވޯޓަށް ނިސްބަތްކޮށް އަމީރު ވިދާޅުވީ އެމްޑީޕީއާ އެކު އިންތިހާބަށް ނުކުތުމުން ފުރަތަމަ ބުރުގައި އެ އަދަދަށް ވޯޓު ލިބޭނެ ކަމަށް ތާރީހު ހެކިދޭ ކަމަށެވެ.

"'ދަ ޑިމޮކްޜެސްޓް" ޕާޓީ ރަޖިސްޓްރީވުމާ އެކު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފަށައި، ވޯޓާ ހަމައަށް ދާއިރު 10،000 މެންބަރުން ހަމަކުރުމަކީ މިހާރުގެ ޓާގެޓް ކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ