ހއ. ފިއްލަދޫގެ ގެއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ގޭގައި އަލިފާން ރޯވީ ކަރަންޓް ޝޯޓެއްވެ މީޓަރު ބޯޑުގައި ރޯވި އަލިފާންގަނޑު ސީލިންގް އާއި ސޯފާއަށް ފެތުރުމުގެ ސަބަބުންނެވެ.
މި ހާދިސާއާ ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ އަލިފާނުގެ ހާދިސާގައި އެގެ ދިިރިނޫޅެވޭ ވަރަށް އަނދައިގެން ގޮސްފައިވާތީ އެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ކައުންސިލް އިދާރާއާއި އެ އޮތޯރިޓީ ގުޅިގެން ކުރަމުންދާ ކަމަށެވެ.
އެންޑީއެމްއޭއިން ބުނިގޮތުގައި އެ އާއިލާގެ މީހުން މި ވަގުތު ތިބީ ކައުންސިލް އިދާރާގެ ބެލެމުގެ ދަށުން ވަގުތީ ހިޔަލުގައެވެ.