Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗާގޮސް

މާދަން އޮންނާނީ ސުލްހަވެރި ޖަލްސާއެއް، ޤާނޫނާއި ޤަވާއިދާ ޚިލާފުކަމެއް ނުހިންގާނެ: ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު

ޖޫން މަހުގެ 2 ވަނަ ދުވަހުގައި ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަކީ ސުލްހަވެރި ހަރަކާތެއްކަމަށާއި، އެ ޖަލްސާގައި ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިންގުމަށް ފުރުސަތު ނުދޭނެކަމަށް ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން މިއަދު ބުނެފިއެވެ.

މިއަދު އެ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ އިއްތިހާދުގައި ހިމެނޭ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު އުޝާމު ވިދާޅުވީ މާދަމާ ރޭ ބާއްވަނީ ޖަލްސާއެއް ކަމަށެވެ. އަދި އެ ޖަލްސާއަކީ ސުލްހަވެރި ޖަލްސާއެއް ކަމަށާއި އެ ޖަލްސާ ބާއްވަނީ ކަމާ ބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން ކަމަށްވެސް އުޝާމު ވިދާޅުވިއެވެ.

އުޝާމުގެ އިތުރަށް ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމު ވިދާޅުވީ ކަނޑުން ބައެއް ވިއްކާލުމާ ދެކޮޅަށް ބާއްވާ ޖަލްސާއަކީ ސުލްހަވެރި އެއްވުމެއް ކަމަށާއި، އެ އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ޖަލްސާއަކީ ސުލްހަވެރި ޖަލްސާއެއްކަން އޭނާވެސް ޔަގީންކޮށްދެއްވިއެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރު މޭ މަހުގެ 1 ވަނަ ދުވަހުގައި ބޭއްވި މޭޑޭ މުޒާހަރާއާއި މާދަމާ އޮންނަ ޖަލްސާއާ އަޅައިކިޔައި ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި، އުޝާމު ވިދާޅުވީ އެ ދުވަހުގެ އެއްވުމުގައި ހިނގި ޒާތުގެ އެއްވެސް ކަމެއް މާދަމާގެ ޖަލްސާގައި ނުހިނގާނެ ކަމަށެވެ.

މާދަމާ ޖަލްސާގައި 15،000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ކަނޑު ވިއްކާލުމާ ދެކޮޅު ކޯލިޝަނުން ބުނެއެވެ. އެގޮތުން މިރެއާއި މާދަމާވެސް އެ ޖަލްސާގައި ބައިވެރިވާން މާލެއަށް އަތޮޅު ތެރެއިން މީހުން އަންނާނެއެވެ.

މި ލިއުމާއި ގުޅޭ