Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗާގޮސް

ކަނޑު ވިއްކުމާ ދެކޮޅު ޕެޓިޝަނުގައި 60،000 ވުރެ ގިނަ މީހުން ސޮއި ކުރި!

ރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ބޮޑު ބައެއް ގެއްލުވާލާފައިވާ މައްސަލާގައި އެކުލަވައިލި އިއްތިހާދުން ކުރިއަށް ގެންދާ ޕެޓިޝަނުގައި 60،000 އަށް ވުރެ ގިނަ ފަރާތަކުން ސޮއި ކޮށްފައިވާކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން މިއަދު ބޭއްވި ނޫންވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބައެއް ރައީސުލްޖުމުހުރިއްޔާ ސިއްރު ސިޓީފުޅަކުން ދިވެހިންނަށް ނޭނގި އެހެން ގައުމެއްގެ ބަޔަކަށް ވިއްކާލާފައިވާކަމަށެވެ.

އަދި އެކަމާ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމަށާއި އެކަމުގެ ސަބަބުން ގައުމީ މަސައްކަތެއްގެ ގޮތުން ދިވެހިރާއްޖޭގެ ސިޔާސީ ގިނަ ޕާޓީތަކަކާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބައެއް ވަރުގަދަ ލީޑަރުންނާއި އާއްމު ދިވެހި ރައްޔިތުންނާ އެކީ އެކަމާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ޝިޔާމް ވިދާޅުވިގޮތުގައި "ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު"ގެ ނަުމުގައި ކަނޑު ވިއްކުޟާ ދެކޮޅު އިއްތިހާދުން ބާއްވާ ޖަލްސާ އޮންނާނީ މާދަމާރޭ 8:30 ގައި ކާނިވާ ސަރަހައްދުގައެވެ.

އޭނާ ވިދާޅުވީ އެ ޖަލްސާގައި ރައްޔިތުންނާ މުހާތަބުކޮށް އިއްތިހާދާ އެކީ މަސައްކަތްކުރައްވާ ވަރަށް ގިނަ ފަރާތްތަކެއްގެ ވާހަކަތަކާއި މަސްވެރިންގެ ވާހަކަތައް އަޑުއިވިގެން ދާނެކަމަށެވެ.

މީގެއިތުރުން ކަނޑު ވިއްކުމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ވަރަށް ގިނަ ބައެއްގެ ބައިވެރިވުން ހިމެނޭކަން ފާހގަަކުރައްވާ ޝިޔާމް ވިދާޅުވީ ކަނޑު ވިއްކުމާ ދެކޮޅު ޕެޓިޝަނުގައި މިހާތަނަށް 60،000 އަށް ވުރެ ފަރާތަކުން ސޮއި ކޮށްފައިވާކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީގެ ނައިބުރައީސް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ މާދަމާ ރޭ ބާއްވާ ޖަލްސާއަކީ ސުލްހަވެރިކަމާއެކީ ކުރިއަށް ގެންދާ ޖަލްސާއެއްކަމަށެވެ.

"ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން މިހާރުވެސް ރައްޔިތުންނަށް އަންގައިދޭން މަސައްކަތް ކުރޭ މިކަމުގެ ތެރޭ އަޅުގަނޑުމެން ހަމަނުޖެހުމެއް ހިންގާ ބާވަތުގެ ކަންތައްތަކެއް ކުރުމަށް ރާވާ ކަމަށް" އުޝާމް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ އެއްވުމަކީ ސުލްހަވެރިކަމާ އެކީ ކުރިއަށް ގެންދާނެ އެއްވުމެއްކަން ފާހަގަކުރައްވާ އުޝާމް ވަނީ ގައުމިއްޔަތަށް ލޯބިކުރާ ހުރިހާ ރައްޔިތުން އެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.

މި ލިއުމާއި ގުޅޭ