Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުސެއިން މުހައްމަދު ލަތީފު (ސެމްބެ)

ދެން އޮތް އެންމެ އިންސާފުވެރިގޮތަކީ ރިފްއަތު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން: ސެމްބެ

ގާނޫނީ ގޮތުންނާއި މަސްލަހަތުގެ ގޮތުންވެސް ދެން ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުންކަމަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ސެމްބެ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ބޮޑު ބައެއް ގެއްލުމާ ގުޅިގެން، ކަނޑުން ބައެއް ވިއްކައިލި މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބު ދާރީވުމަށް އޭނާ އިއްޔެ މަޖިލީހަށް ވަޑައި ނުގެންނެވުމާއި ގުޅިގެންނެވެ.

ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސެމްބެ ވިދާޅުވީ ރިފްއަތު ވެވަޑައިގެންފައިވަނީ ރާއްޖޭގައި އުފެދުނު ބަންޑާރަ ނައިބުންގެ ތެރެއިން އެންމެ ނުލަފާ ނުބައި ޣައްދާރު އަދި އެންމެ ފިނޑި ބަންޑާރަ ނައިބަށް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ރަފްއަތަށް ރައްޔިތުންނަށް ފިއްލަވައިގެން އެގޮތަކަށް ނުހުރެވޭނެއެވެ.
އެކަން ފާހަގަކުރައްވާ ސެމްބެ ވިދާޅުވީ ދެން އޮތް އެންމެ އިންސާފުވެރިގޮތަކީ އަމިއްލަފުޅަށް ބަންޑާރަ ނައިބު ރަފްއަތު އިސްތިއުފާ ދެއްވުންކަމަށެވެ.

"ދެން އޮތް އެންމެ އިންސާފުވެރިގޮތަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާ ވަޑައިގަތުން، އެނޫން ހައްލެއް ނެތް. އެހެން ނޫންނަމަ ގާނޫނީ ހުސްކަން ކުރިމަތިވޭ" ސެމްބެ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ދައްކަނީ ދިވެހިރާއްޖޭގެ ދައުލަތުގެ ބަންޑާރަ ނައިބުގެ ވާހަކަކަމަށާއި އެ ދައްކަވަނީ ރައީސުލްޖުމުހުރިއްޔާގެ ބަންޑާރަނައިބެއްގެ ވާހަކައެއް ނޫން ކަމަށެވެ.
އަދި ރައީސުލްޖުމުހުރިއްޔާ ވިދާޅުވާހާ އެއްޗަކަށް "އާނ، ހޫނ ލައްބައޭ" ވިދާޅުވުމުން ދިމާވާނެ ހުރިހާ ކަމެއް މިއަދު ދެިވެހިރާއްޖެއަށް ދިމާވަމުންދާކަން ފާހަގަކުރައްވާ ސެމްބެ ވިދާޅުވީ މިހާރު ރާއްޖޭގެ މިނިވަންކަން ގެއްލުވުމަށްވެސް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މީގެއިތުރުން ސެމްބެ ވިދާޅުވީ ރާއްޖެއަށް ކުރިމަތިވަމުން އަންނަ މައްސަލަތަކަށް ދެން އޮތް ހައްލަކީ ރައީސުލްޖުމުހުރިއްޔާ އަޒުލުކުރުންކަމަށާއި އިރާދަކުރެއްވިޔާ އެކަންވެސް ކާމިޔާބު ކުރައްވާނެކަމަށެވެ.

މި ލިއުމާއި ގުޅޭ