Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އައިއެސްއެސް އަށް ކުރި ތާރީހީ ދަތުރު ފުރިހަމަކޮށް، ސައުދީގެ ދެ އެސްޓްރޮނޯޓުން އެނބުރި ބިމަށް އަތުވެއްޖެ

ސައުދީގެ ދެ އެސްޓްރޮނޯޓުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ކުރި ތާރީހީ ދަތުރު ފުރިހަމަކޮށް، 9 ދުވަހުގެ ފާހަގަކޮށްލެވޭ މިޝަނަކަށް ފަހު އަންގާރަ ދުވަހުގެ ރޭ ދަންވަރު ދުނިޔެއަށް އެނބުރި އަތުވެއްޖެއެވެ.
މި ކާމިޔާބީއަކީ ސައުދީ އަރަބިއްޔާގެ ޖައްވީ ޕްރޮގްރާމަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމުގައި ވާއިރު، އޯބިޓަށް ދަތުރުކުރި ފުރަތަމަ ސައުދީ އަންހެން މީހާގެ ރެކޯޑްވެސް ވަނީ ޤާއިމް ކޮށްފައެވެ.
ސްޓެމް ސެލް ރިސާޗަރެއް ކަމަށްވާ ރަޔާނާ ބަރްނަވީގެ އަރިހުގައި ފައިޓާ ޕައިލެޓް އެކުވެރިޔާ އަލީ އަލް-ކަރްނީ އާއި އިތުރު ދެ މީހުން ކަމަށްވާ އެމެރިކާގެ ވިޔަފާރިވެރިޔާ ޖޯން ޝޯފްނަރ އާއި ނާސާގެ ރިޓަޔާޑް އެސްޓްރޮނޯޓް ޕެގީ ވިޓްސަން ވެސް މިދަތުރުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އޭއެކްސް-2 މިޝަން މިމަހުގެ 21 ވަނަ ދުވަހު ފްލޮރިޑާއިން އުދުއްސާލި ސްޕޭސް އެކްސް ކެޕްސޫލެއްގައި ފެށުނު އިރު، އެ ޖައްވީ އުޅަނދު ތައް ނިމުމަކަށް އައީ އަންގާރަ ދުވަހު ފްލޮރިޑިއަން އައްސޭރިފަށުން މެކްސިކޯގެ ގަލްފު ކަނޑަށް އެ ޖައްވީ އުޅަނދުތައް ވެއްޓުމުންނެވެ.
އައިއެސްއެސްގައި މި އެސްޓްރޮނޯޓުން ހޭދަކުރި 9 ދުވަހުގެ ތެރޭގައި ތަފާތު ތަޖުރިބާތަކާއި ދިރާސާ މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޯބިޓިން ލެބޯޓްރީގައި ފަޅުވެރިން ހޭދަކުރި މުއްދަތުގައި ސައިންސާއި ޓެކްނޮލޮޖީގެ 20 އަށް ވުރެ ގިނަ ތަހުލީލުތައް ކުރި ކަމަށާއި އޭގެ ތެރޭގައި ޖައްވުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި ވާރޭ ވެހުމުގެ ޓެކްނޮލޮޖީގެ ދިރާސާއެއްވެސް ވަނީ ކޮށްފައެވެ.
ބަރްނަވީގެ އެކްސްޕެރިމެންޓްތައް ބިނާކޮށްފައި ވަނީ ރިޔާޒުގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުގެ ސްޓެމް ސެލް އެންޑް ޓިޝޫ ރީ އިންޖިނިއަރިން ޕްރޮގްރާމްގެ ރިސާޗް ލެބް ޓެކްނީޝަނެއްގެ ގޮތުގައި ފާއިތުވި ނުވަ އަހަރުގެ ތެރޭގައި އޭނާ ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ މައްޗަށެވެ.
މި ސައިންޓިފިކް މަސައްކަތްތަކުގައި ސައުދީގެ އެސްޓްރޮނޯޓުން ބައިވެރިވުމަކީ ދުނިޔޭގެ ޖައްވީ ދިރާސާތަކުގެ މުޖުތަމައުގައި އެގައުމުގެ ޙާޟިރީ ފުޅާކުރުމުގެ އުންމީދުތަކަށް އަލިއަޅުވާލާ ކަމެކެވެ.
ޒަމާނީ ދިރާސާތަކާއި ތަރައްގީގެ މަޝްރޫއުތަކުގައި ހީވާގިކަމާއެކު ހަރަކާތްތެރިވެ، ސައުދީ އަރަބިއްޔާގެ އަމާޒަކީ އެގައުމުގެ ސައިންޓިފިކް ގާބިލްކަން ހަރުދަނާކޮށް، އިންސާނިއްޔަތަށް ޖައްވާއި ބެހޭ ގޮތުން އާ ހޯދުންތައް ދެނެގަނެ ޙިއްޞާކުރުމެވެ.
ސައުދީ އަރަބިއްޔާއިން ޖައްވީ ޕްރޮގްރާމަށް އިންވެސްޓް ކުރަމުންދާއިރު، ސައިންޓިފިކް ޑިސްކަވަރީ އާއި އެކްސްޕްލޯރޭޝަން އަށް ޙިއްޞާ ދިނުމުގެ ޝައުޤުވެރިކަން ދުވަހެއް ދުވަހަކަށް ފާޅުވަމުންދެއެވެ. ކޮންމެ މިޝަނަކާއެކު ސައުދީ އަރަބިއްޔާ ދަނީ ދުނިޔޭގެ ޖައްވީ ގައުމުތަކުގެ ތެރޭގައި ޖާގަ ވަރުގަދަކުރުމާ ގާތަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.
ސައޫދީ އަރަބިއްޔާއިން އެސްޓްރޮނޯޓަކު އެންމެ ފަހުން ޖައްވަށް ފޮނުވީ 1985ގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ކުރާ ދަތުރެއްގައި ބޮލަކަށް 55 މިލިއން ޑޮލަރު ނަގައެވެ. އަދި އޭގެ އިތުރުން ކޮންމެ ދުވާލަކަށް ކެއުމަށް 2 ހާސް ޑޮލަރާއި ހެދުމާއި ނިދާ ސާމާނަށް 1500 ޑޮލަރު ނާސާއިން ނަގައެވެ.
މި ލިއުމާއި ގުޅޭ