Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

މާލޭގެ ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން ކައުންސިލުން ނިންމައިފި

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ މިއަދު ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 104 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.

އެ ޖަލްސާގައި މެންބަރަކު ހުށަހެޅުއްވި އެ ހުށަހެޅުމަށް މަޝްވަރާކުރުމަށް ފަހު ކައުންސިލުން ނިންމީ ޕާކުތަކަށް ވަންނަ ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ތަފާތު ދެ އަގެއްގައި ފީއެއް ނެގުމަށެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕާކްތަކާއި މައިޒާންތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަކީ ބޭރު ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެގޮތުން މެންބަރުންގެ މަޝްވަރާތަކަށްފަހު ކައުންސިލުން ނިންމީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އަގުތައް ކަނޑައެޅުމަށްފަހު އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން އެ ފީ ނަގާށެވެ. މަށެވެ.

މި ލިއުމާއި ގުޅޭ