Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ހުޅުމާލެއިން އަންހެނަކާއި ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލެއިން ކުޑަދަރިފުޅާ އެކު ގެއްލުނު އަންހެނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، ހއ. އިހަވަންދޫ، ނަސްރީނުގެ، އައިޝަތު އިހްސާނާ، 32، ގެ ޚަބަރެއް ނުވެ، ގެއްލިގެން މިދިޔަ ހޯމަ ދުވަހު އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނިގޮތުގައި ދެ އަހަރުގެ އަންހެން ދަރިފުޅާ އެކު، އިހްސާނާ އެންމެ ފަހުން ފެނިފައިވަނީ އެ ދުވަހުގެ ހެނދުނު، ހިޔާ 06-4-15 އިން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ވަނީ އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެދިފައެވެ.

މި ލިއުމާއި ގުޅޭ