Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އުރުދުޣާނަށް ރައީސް އިބްރާހީމް މަރުހަބާ ވިދާޅުނުވޭ

ތުރުކީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުހަބާ ވިދާޅުނުވެއެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ އުރުދުޣާން އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދުވެސް އުރުދުޣާނަށް މަރުހަބާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމަކީ ދުނިޔޭގެ ލީޑަރުންނަށް އަމިއްލަފުޅު ޓުވިޓާ އެކައުންޓުން އެކި ބާވަތުގެ މެސެޖުތައް ރައްދުކުރައްވާ ބޭފުޅެކެވެ. އެގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމުން ރައީސް ޖޯ ބައިޑަންއަށްވެސް މަރުހަބާ ވިދާޅުވިއެވެ. އަދި ބީޖޭޕީއަށް އިންޑިއާގެ އާންމު އިންތިޚާބު ކާމިޔާބުވުމާއެކު ބޮޑުވަޒީރު ނަރެންދުރަ މޯދީއަށްވެސް މަރުހަބާ ވިދާޅުވެ ޓުވީޓުކުރެއްވިއެވެ.

އުރުދުޣާނަކީ އިސްލާމީ އުންމަތުގެ ކަންކަމުގައި ބަސްފުޅު ވިދާޅުވާ ލީޑަރެކެވެ. އެގޮތުން ކަޝްމީރުގެ މައްސަލާގައި އަވައްޓެރި އިންޑިއާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ ދެކޮޅަށް އޭނާ އަބަދުވެސް ވާހަކަދައްކަވައެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާގެ ހިންދުތުވާ ސަރުކާރުގެ ނުރުހުމާއި ރުޅިވެރިކަން އުރުދުޣާނަށް އަމާޒުވެފައިވެއެވެ.

އިސްލާމްދީނުގެ ދިފާއުގައި ދައްކަވާ ވާހަކަފުޅާ ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ހުޅަނގުގެ ނުރުހުން އުރުދުޣާނަށް އަމާޒުވި ނަމަވެސް އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ ލީޑަރުންވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް އިބްރާހީމު އުރުދުޣާނަށް މަރުހަބާ ވިދާޅުނުވާކަން ފާހަގަކޮށް ބައެއް ފަރާތްތަކުން އަންނަނީ މީސްމީޑިއާގައި އެމަނިކުފާނަށް ފާޑުކިޔަމުންނެވެ. އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫނުވެސް އުރުދުޣާނުގެ ކާމިޔާބާ ގުޅިގެން އެއްވެސް ބަސްފުޅެއް ވިދާޅުވެފައިނުވެއެވެ.

މި ލިއުމާއި ގުޅޭ