Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި

މަސްތުވާތަކެއްޗާއެކު ރާއްޖެ އައި ޕާކިސްތާނުގެ ހަތަރު މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އެ ހަތަރު މީހުން މިހާރު ތިބީ ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެ ހަތަރު މީހުންނަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުންކަމުގެ ތުހުމަތެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެމީހުންގެ ބަންދަށް ފަސް ދުވަސް ދީފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެ އެންމެން ރާއްޖެ އައިރު، އެ މީހުންގެ އަމަލުތައް ހުރި ގޮތުން، ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވިފައިވާކަމަށާއި އެ ތުހުމަތުގައި އެ އެންމެން އައިޖީއެމްއެޗަށް ގެންގޮސް، ސްކޭންކޮށްގެން ބެލި އިރު އެ އެއްޗެހި ފެނިފައިވާކަމަށެވެ.

ނަމަވެސް އެ މީހުން ގެނައި މަސްތުވާތަކެތީގެ ބާވަތާއި އެ ތަކެތީގެ ބަރުދަން ހާމަކޮށްފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ