Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަންޑާރަނައިބު ރިފްޢަތު

އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން ރިފްއަތު މަޖިލީހަށް ވަޑައިނުގަތް!

ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ބޮޑު ބައެއް ގެއްލުމާ ގުޅިގެން، ކަނޑުން ބައެއް ވިއްކައިލުމާ ދެކޮޅަށް އުފެއްދި އިއްތިހާދުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބު ދާރީވުމަށް މަޖިލީހަށް ވަޑައި ނުގެންނެވިއެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ދިޔައިރު އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ކުރިއަށް ދިޔައީ މައްސަލަ ހުށަހެޅުއްވި 13 މެންބަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް މައްސަލަ ހުށަހެޅުއްވުމެވެ.

އެއަށްފަހުގައި އެ މައްސަލައާ މެދު 2 ގަޑިއިރުގެ ވަގުތު ބަހުސް ކުރުމަށް ހަމަޖެހިފައިވާކަން މަޖިލީހުގެ ރިޔާސަތުން ހާމަކުރައްވާފައިވާއިރު ވަޒީރުގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް ފުރުސަތު ދޭނެ ގޮތްވެސް ރިޔާސަތުން ވިދާޅުވެފައިވެއެވެ.

އާއްމުކޮމެޓީން ވަނީ ވަޒީރުގެ ދިފާއުގައި ވާހަކަފުޅު ދެއްކުމަށް ބަހުސް ފެށުމުގެ ގޮތުން 10 މިނެޓްގެ ފުރުސަތެއް ދިނުމަށާއި ބަހުސްގެ މެދު ތެރެއިން 10 މިނެޓުގެ ފުރުސަތެއް ދިނުމަށާއި އަދި ބަހުސް ނިމުމުގެ ގޮތުން 10 މިނެޓުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިފްއަތުގެ ދިފާއު ހުށަހެޅުއްވީ ލިޔުމުން ކަމަށެވެ.

"އާންމު ކޮމެޓީން ވަޒީރު ވަޑައިގަންނަވާނެ ކަމަށް ނިންމަވާފަ އޮތް އިޖުރާތެއް އަޅުގަނޑު އަތުގައި އޮތީ. ވަޒީރު ނިންމެވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގުގެ ތެރެއިން ވަޒީރު ލިޔުމުން ޖަވާބު ދެއްވަން. އެހެންވީމާ މީގަ އިދާރީ މައްސަލައެއް ނިކުތުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި އަޅުގަނޑު ޖެހޭ ފާހަގަކުރަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އާދަމް ޝަރީފް މައްސަލަ ހުށަހެޅުމަށްފަހު މަޖިލީހުގެ ރައީސް ރިފްއަތުގެ ދިފާއު ހުށަހަޅުއްވަިއދިނުމަށް އަމީން އާއްމުގެ އަރިހުން އެދުމާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީލް ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފައެވެ.

ހަސަން ލަތީފް ވިދާޅުވީ އާއްމު ކޮމެޓީން ނިންމާފައި އޮތީ ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވާއިރު އަމަލު ކުރާނެ އުސޫލުކަމަށެވެ.

އެގޮތުން ބަހުސް ފެށުމުގެ ކުރިން 10 މިނެޓް، ބަހުސްގެ މެދުތެރެއިން 10 މިނެޓް އަދި ބަހުސް ނިމުމުގެ ކުރިން 10 މިނެޓް ޖުމުލަ 30 މިނެޓް ދޭން ނިންމާފައި އޮތް އިރު ޖަވާބުދާރީވުމަށް ލިޔުމުން ހުށަހެޅުއްވީމާ އެ ލިޔުން އިއްވާނެ ގޮތަކާ ބެހޭ އެއްވެސް ނިންމުމެއް އާއްމު ކޮމެޓީން ނިންމާފައެއް ނެތްކަން އެނާ ފާހަގަކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ