Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ލޯފަންމީހުންނަށް އަމިއްލައަށް ވޯޓްލެވޭ އިސްލާހް ބަލައިގަތުމަށް ފާސްކޮށްފި

ލޯފަން މީހުންނަށް އަމިއްލައަށް ވޯޓްލުމަށް ފުރުޞަތު ފަހިކޮށްދިނުމަށް ޤާނޫނަށް ހުށަހެޅި އިސްލާޙް ބަލައިގަތުމަށް ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި މި އިސްލާހު 51 މެމްބަރުންގެ އިއްތިފާގުން ބަލައިގަތުމަށް ފާސްކޮށް، އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަކަށް ވަނީ ފޮނުވާފައެވެ.
މެމްބަރު ޖީހާން މަހުމޫދު ވިދާޅުވި ގޮތުގައި މިހާރު އޮތް ގާނޫނުގައި ފެނުމުގެ ނިޒާމަށް ދަތިކަން ހުންނަ އަދި ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާއެކު ވޯޓުލާން ޖެހޭތީ ގާނޫނުން ކަށަވަރުކޮށްދޭ އެތައް ހައްގުތަކެއް ގެއްލިގެން ދިޔަ އެވެ. އަލަށް ގެނައި އިސްލާހުގެ މަޤްޞަދަކީ މި މައްސަލަ އިސްލާހުކޮށް، ލޮލުގެ ފެނުން ދަށް ދިވެހީންނަށް އެމީހުންގެ ޕްރައިވެސީއަށް ގެއްލުމެއް ނުދީ ވޯޓުލުމުގެ ހައްގު ބޭނުންކުރެވޭނެ ގޮތް ހެދުމެވެ.
މި އިސްލާހުގައި ވޯޓިން ޓެމްޕްލޭޓެއް ބޭނުންކުރެވޭނެ ޝަރުތުތަކާއި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. އެއީ އެމީހުންގެ މުޖުތަމަޢަށް ވޯޓުލުމުގެ ފުރުޞަތު ފަސޭހަކޮށްދިނުމަށް ވަކާލާތު ކުރަމުން އަންނަ ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ލަފާތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.
ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުން ވަނީ މީގެ ކުރިން އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީ އާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ބައްދަލުކޮށް، އިންތިހާބުތަކުގައި ލޮލުގެ ފެނުން ދަށް ފަރާތްތަކުގެ ވޯޓުގެ ސިއްރު ހިފެހެއްޓުމަށް ފަސޭހަ ހައްލެއް ހޯދުމަށް މަޝްވަރާކޮށްފަ އެވެ.

ރިޔާސަތުގައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވަނީ އެކި ކަންކަމުގައި ހިޔާލު ތަފާތުވި ނަމަވެސް ހުރިހާ މެމްބަރުން އެއްބާރުލުންދީގެން ކުރަމުންދާ މަސައްކަތްތަކާމެދު ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ.

މި އިސްލާހަކީ ޖިސްމާނީ ގާބިލްކަމަށް ބެލުމެއްނެތި ހުރިހާ ދިވެހީންނަށް ހަމަހަމަ ކަމާއެކު ވޯޓުލުމުގެ ހައްގު ކަށަވަރުކޮށްދީ، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް އަގުތައް ހިފެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ލިއުމާއި ގުޅޭ