Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާސިމް އިބްރާހީމް

ކަނޑު ވިއްކައިލުމާ ދެކޮޅު އެއްވުމަށް ނުދާން ޤާސިމް އެދިވަޑައިގެންފި

ރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުން ބައެއް ގެއްލުވައިލުމާ ދެކޮޅަށް އުފެއްދި އިއްތިހާދުން ބާއްވާ އިހުތިޖާޖުގައި ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.

ޤާސިމް މިއަދު ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކަނޑު ވިއްކައިލުމާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުން ބާއްވާ ޖަލްސާގައި އެ ޕާޓީގެ އެއްވެސް މެންބަރަކު ބައިވެރިނުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"ދޭއް ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެ ވަޑައިނުގަތުމަކީ އަޅުގަނޑުގެ އިހުލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ.،" ޤާސިމުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ޤާސިމް ވިދާޅުވީ މީގެ ކުރިން ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން 1 މޭ 2015 ވަނަ ދުވަހުގައި ބޭއްވި "މޭޑޭ މުޒާހަރާ"ގެ ނަތީޖާ ނުކޔތީ ބޭނުވި ގޮތާ ވަރަށް ތަފާތުކޮށްކަމަށާއި، އެއިރު އެ މުޒާހަރާގައި ބައިވެރިނުވާން ޖުމްހޫރީ ޕާޓީން ނިންމީވެސް ނަތީޖާ ގޯސްވެދާނެކަމަށް ލަފާކުރެވޭތީ ކަމަށެވެ.

ޤާސިމް މިފަދައިން ވިދާޅުވި ނަމަވެސް މޭޑޭ މުޒާހަރާގެ އެންމެ ކުރީގައި ޖުމްހޫރީ ޕާޓީގެ އެއިރުގެ ލީޑާޝިޕުގައި އިސްކޮށް މަސައްކަތްކުރެއްވި އަދި މިހާރުވެސް ޖުމްހޫރީ ޕާޓީގެ ކުރީ ސަފުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން އެބަތިއްބެވިއެވެ.

އަދި ޖޫން 2 ވަނަ ދުވަހުގައި އޮންނަ މުޒާހަރާގެ މިސްރާބަކީ ކޮބައިކަމާއި އެ މުޒާހަރާއިން ނިކުމެދާނެ ނަތީޖާތައް ޖުމްހޫރީ ޕާޓީގެ އާންމު މެންބަރުންނަށާއި ލީޑާޝިޕަށް އޮޅިވަޑައިނުގަންނަވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އެހެންކަމުން އެ އެއްވުމަށް ހާޒިރުނުވުމަށް ޤާސިމްވަނީ އިލްތިމާސްކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ޕާޓީގެ ކައުންސިލުގެ އެންމެ ފަހުގެ ބައްދަލުވުމުގައި ނިންމި ގޮތަށް ޤައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން އިސްކުރުމަށް އެންމެ ރަނގަޅު ގޮތަކީ އެ އެއްވުމުގައި ބައިވެރިނުވުން ކަމަށެވެ.

ކަނޑުގެ އިންވަކިކުރުމުގައި ސަރުކާރުން ކަންކުރި ގޮތާ ދެކޮޅަށް ޤާސިމް ވާހަކަދައްކަވައެވެ. އެންމެ ފަހުން ޖޭޕީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައިވެސް އެ މައްސަލާގައި ސަރުކާރުގެ ސިޔާސަތަށް ޤާސިމް ފާޑުވިދާޅުވިއެވެ.

ނަމަވެސް ޤައުމުގެ މަސްލަހަތު އިސްކުރެއްވުމުގެ ގޮތުންކަމަށް ވިދާޅުވެ އެކަމުގައި ސަރުކާރަށް ފިއްތުން ކުރިމަތިވާނެ އެއްވެސް ކަމެއް ކުރެއްވުމުގެ ވިސްނުންފުޅެއް ޤާސިމް ނުގެންގުޅުއްވައެވެ.

މި ލިއުމާއި ގުޅޭ