Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ސަރުކާރު މެންބަރުންނަށް އޮތީ އެއްކޮޅުން ފެންނަ ހިއުމަން ރައިޓްސްއެއް: ސައީދު

ސަރުކާރަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންނަށް ހިއުމަން ރައީތްސް ފެންނަނީ އެއްކޮޅުންކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު އެ މެންބަރުންނަށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދަރިފުޅުގެ އޯލެވެލް އިމްތިހާނު ދުވަސްކޮޅު އާއިލާގެ ބޭނުމަކަށްޓަކައި ސަރުކާރުގެ ޝަރުތުތަކާއެކު އެމަނިކުފާނު ގެޔަށް ބަދަލުކޮށްދިނުމަށް އިދިކޮޅުން ސަރުކާރުގައި އެދުނުކަމަށާއި ނަމަވެސް ސަރުކާރުން އެކަމަށް ދިނީ ބީރު ކަންފަތެއްކަމަށެވެ.

ސައީދު ވިދާޅުވީ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނަށް ހިއުމަން ރައިޓްސް ފެންނަނީ ވަކި ހާލަތްތަކެއްގައި ކަމަށާއި ސަރުކާރުން ވަކި ވަކި ބޭފުޅުންނަށް ދެމުން ގެންދާ އަނިޔާ އެ މެންބަރުންނަށް ނުފެންނަކަމަށެވެ.

"އެއްކޮޅުން ފެންނަ ހިއުމަން ރައިޓްސްއެއް، ކޮވިޑުގެ ހާލަތުގައި ރާއްޖޭގައި މަރުގެ ހާދިސާތަކުގައި ސަރުކާރުގެ އިހުމާލު އޮތް" ސައީދު ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވީ ކޮވިޑުގައި ދިމާވި މަރުގެ ހާދިސާތަކުގައި އިހުމާލު ޮއތް އިރުވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނަށް އެ މައްސަލަތައް ނުފެނުނުކަމެވެ.

ސައީދު އިތުރަށް ވިދާޅުވީ 500 އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ތަނބެއް ނުޖެހިގެން މި ސަރުކާރުން އުޅޭއިރު 107 ބިލިއަން ރުފިޔާއަށް ދިވެހިރާއްޖޭގެ ދަރަނި އަރައިގެން ގޮސް ދިވެހި ރައްޔިތުން އުޅެން ޖެހޭނެ ހާލަތު މި ސަރުކާރަށް ތާއީދުކުރާ މެންބަރުންނަށް ނުވިސްނޭނެކަމަށެވެ.

އަދި ރުފިޔާގެ އަގު ވެއްޓިގެން ގޮސް 17، 18 ރުފިޔާއަށް ޑޮލަރުގެ އަގު އެރީމާ ރައްޔިތުން ވެއްޓޭ ނިކަމެތި ހާލަތުވެސް އެ މެންބަރުންނަށް ނުވިސްނޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ސުޕަމެޖޯރިޓީމް ތިބޭފުޅުންނަށް 50،000 ރުފިޔާގެ ބޮނޑިއަކުން ކަންފަތްމަތީ ޖެހީމާ ތިބޭފުޅުން ތިބެދާނެ ރައީސް އިބްރާހިމްގެ ޕްރޮމޯޝަންއަށް ވާހަކަ ދައްކަން، ހުރިހާ ހިއްސެއް ކަނުވެފައި ތިތިއްބެވީ" ސަރުކާރު މެންބަރުންނަށް ވަރަށް ބޮޑަށް ފާޑޫ ވިދާޅުވެ މެންބަރު ސައީދު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ