Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ފައްޔާޒް

މަސައްކަތްތެރިންގެ ހައްގާ ގުޅޭ ދެ ބިލެއްގެ މަސައްކަތް ލަސްވާތީ ފައްޔާޒުގެ ކަންބޮޑުވުން

މަސައްކަތްތެރިންގެ ޙައްޤުތަކާ ގުޅޭ ދެ ބިލެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ލަސްކޮށް ހިނގަމުންދާތީ އިޤުތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފައްޔާޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޓެގުކުރައްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އަދި އިޤުތިޞާދަށް ވަރަށް މުހިއްމު ދެ ބިލު ކަމަށެވެ.

ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ހުށަހަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލުގެ ފުރަތަމަ ކިޔުން މިހާރު އޮތީ އިއްވާފައެވެ. ދެން ފެށިގެންދާނީ އެ ބިލުގެ އިބްތިދާއީ ބަހުސެވެ.

ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބިލުތައް ފާސްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައެވެ. އަދި މަޖިލީހަށް ހޫށަހެޅޭ ޤަރާރުތަކެކޭ އެއްފަދައިން އެ ދެ ބިލުގެ ބަހުސް ތާވަލުކޮށް ފާސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ކަންކަން ހިންގަވާ ގޮތުން ސަރުކާރުން ބޭނުންވާ ކަންކަމަށް ހުރަސްއެޅޭކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވެއެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިނުވެއެވެ.

މި ލިއުމާއި ގުޅޭ