Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

މަރުގެ އަދަބު ދިނުން ހިމެނޭ ގޮތަށް އެލްޖީބީޓީކިއު އާ ދެކޮޅު ގާނޫނެއް ޔުގެންޑާއިން ފާސްކޮށްފި

ކަމަޕާލާ (މެއި 29) - ޔޫގެންޑާގެ ރައީސް ޔޯވެރީ މުސެވެނީ، އެލްޖީބީޓީކިއުއާ ނުވަތަ އެއްޖިންސުން ގުޅުން ހިންގުމާއި، ދެކޮޅަށް ދުނިޔޭގައި މިހާތަނަށް ފާސްކުރެވުނު އެންމެ ހަރުކަށި އެއް ގާނޫނު ތަސްދީޤު ކުރައްވައިފި އެވެ.

އެފްރިކާގެ 30 އަށް ވުރެ ގިނަ ގައުމުތަކެކޭ އެއްފަދައިން ޔޫގެންޑާގައި ވެސް އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނާ ހިލާފު ކަމެއް ނަމަވެސް އެޤައުމުގައި ފާސްކުރި އާ ގާނޫނު އިތުރަށް އެކަމަށް ހުރަސްއަޅައެވެ.
ޔޫގެންޑާގައި އަލަށް ފާސްކުރެވުނު މި ޤާނޫނުގެ ދަށުން މަރުގެ އަދަބު ދިނުމާއި ކުށުގެ ބާވަތުން 20 އަހަރުގެ ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމްވެސް އެ ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
އުމުރުފުޅުން 78 އަހަރުގެ ޔޫގެންޑާގެ ރައީސް މިޤާނޫނު ތަސްދީޤު ކުރެވުމާއެކު ޤާނޫނު ހަދާ މަޖްލިސާއި، އެޤައުމުގެ އެންމެހައި ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ އެއްޖިއްސުން ގުޅުން ހިންގުމާއި، ކައިވެނިކުރުންފަދަ އިންސާނީ ފިތުރަތާއި ޚިލާފު ޖިންސީ ގުޅުން ހިންގުމުން ދުރުވުމަށްޓަކައި މިޤާނޫނު ތަންފީޒުކޮށް ދިނުމަށެވެ.
ޔޫގެންޑާގައި މިޤާނޫނު ފާސްކުރުމާއި ގުޅިގެން ލޯކަލް އޯގަނައިޒޭޝަނެއް ކަމަށްވާ ހިއުމަން ރައިޓްސް އެވެއާނެސް އެންޑް ޕްރޮމޯޝަން ފޯރަމާއި އިތުރު 10 ފަރާތަކުން ފަހުން އެ ގާނޫނާ ދެކޮޅަށް ދުސްތޫރީ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.
ޔުގެންޑާގައި މިހާރުވެސް އެއްޖިންސުން ގުޅުންހިންގުން މަނާ ނަމަވެސް، އަލަށް މި ފާސްކުރި ޤާނޫނުގައި ބުނާގޮތުން އެއްޖިންސުން ގުޅުން ހިންގާ މީހެއްގޮތަށް އަމިއްލައަށް އިއުލާންކޮށްގެން އުޅުމަކީ ވެސް ޤާނޫނީ ކުށެކެވެ. އަދި އެފަދަ ކަންކަން ޕްރޮމޯޓު ކުރުމާއި، އެއްޖިންސުން ގުޅުން ހިންގަން އުޅުމަކީވެސް އެ ޤާނޫނުގެ ދަށުން ކުށެކެވެ.
އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އެ ބިލާއި ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ މެމްބަރެކެވެ. އެ ޤާނޫނަށް ވޯޓު ދިން މެމްބަރުން ވަނީ އެ ޤައުމުގައި އެއް ޖިންސުން ގުޅުން ހިންގުން ފެތުރުން ހުއްޓުވަން އެފަދަ ޤާނޫނެއް މުހިންމު ކަމަށެވެ.
މި ޤާނޫނާއި ގުޅިގެން ހުޅަނގުގެ ބައެއް ޤައުމުތަކުން ދަނީ ޔުގެންޑާއަށް ފާޑުކިޔަމުންނެވެ. ޔޫގެންޑާއަށް ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ ބޭރުގެ އެހީ ލިބޭއިރު، މީގެ ނުވަ އަހަރު ކުރިން ވެސް އެފަދަ ބިލެއް ފާސްކުރުމާއި ގުޅިގެން ބޭރުގެ އެހީތައްވަނީ ކަނޑާލާފައެވެ. އެހެންކަމުން މިފަހަރުގެ މިޤާނޫނު ފާސްކުރުމާއި ގުޅިގެންވެސް އެހީދޭ ފަރާތްތަކާއި އިންވެސްޓަރުންގެ ފަރާތުން މިފަދަ ފިޔަވަޅުތަކަކާ މިހާރު ކުރިމަތިލާން ޖެހިދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
މި ލިއުމާއި ގުޅޭ