Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

800 މިލިއަނަށްވުރެ ގިނަ މީހުން ބަނޑުހައިހޫނުކަމުގެ ތެރޭގައި ދިރިއުޅެނީ ކީއްވެގެން ހެއްޔެވެ؟

އަލްޖަޒީރާ- ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައިހޫނުކަމުގެ މިންވަރު ދަނީ އިތުރުވަމުންނެވެ.
ދުނިޔޭގެ އާބާދީގެ 10 އިންސައްތަ މީހުން ކޮންމެ ރެއަކު 828 މިލިއަން މީހުން ނުވަތަ ދުނިޔޭގެ އާބާދީގެ 10 އިންސައްތަ ބަނޑުހައިހޫނުކަމުގައި ނިދާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 46 މިލިއަން އިތުރު އަދަދެއް ކަމަށް އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ބުނެފިއެވެ.
ބަނޑުހައިހޫނުކަމުގެ އަސަރު ކުރާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވާއިރު، 80 އިންސައްތަ މީހުން ދިރިއުޅެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑު ސަރަހައްދުތަކުގައެވެ.
ދުނިޔޭގެ ބަނޑުހައިހޫނުކަމުގެ މިންވަރާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ހަންގާ ޕްރޮޖެކްޓުން ވަނީ މެއި މަހުގެ 28 ވަނަ ދުވަހަކީ ދުނިޔޭގެ ބަނޑުހައިހޫނުކަމުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައެވެ.
ބަނޑުހައިހޫނުކަމަކީ ދިގު މުއްދަތަކަށް ހަށިގަނޑަށް ކާބޯތަކެތި ނުލިބުމުން ކުރިމަތިވާ ނިކަމެތި ޙާލަތެކެވެ.
ބަނޑުހައިހޫނުކަން ދިގުލައިގެން ދިއުމަކީ ސިއްޙީ މައްސަލަތައް ކުރިމަތިވެ، އުމުރު ދުވަހަށް ޖިސްމާނީ ގޮތުންނާއި ސިކުނޑިއަށް ގެއްލުންލިބި، ޚާއްޞަކޮށް ކުޑަކުދިންގެ މެދުގައި ނުރައްކާތެރި ސިއްހީ މައްސަލަތަކެއް އުފެދޭ ގެއްލުންބޮޑު ކަމެކެވެ.
ހަކަތަ އާއި ޕްރޮޓީންގެ އިތުރުން މުހިންމު ވިޓަމިންތަކާއި މިނަރަލްސް މަދުވެ ކެލޮރީ ދަށްވުމަށްވުރެ ވެސް އަންޑަނިއުޓްރިޝަން ގެ މައްސަލަ މާބޮޑަށް ވަނީ ނުރައްކާވެފައެވެ.
ދުނިޔޭގެ ބަނޑުހައިހޫނުކަން ދަށަށް ދިއުމަށް ފަހު، ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ބަނޑުހައިހޫނުކަން ވަނީ އިތުރުވެފަ އެވެ. 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު، ބަނޑުހައި ހޫނުކަމުގެ މައްސަލައާއި ކުރިމަތިލާންޖެހިފައިވާ މީހުންގެ އަދަދު 150 މިލިއަނަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މައިގަނޑު ގޮތެއްގައި ކުރިމަތިވި މައްސަލަތަކަކީ ހަމަނުޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އިގްތިސާދީ ޝޮކްތަކާއި، ކޮވިޑް-19 ގެ ބަލިމަޑުކަމެވެ.
ކާބޯތަކެތީގެ އަގުވެސް ވަނީ ބޮޑުވެފަ އެވެ. 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު އެފްއޭއޯ ފުޑް ޕްރައިސް އިންޑެކްސް (އެފްޕީއައި) - ހަކުރު، މަސް، ސީރިއަލް، ޑެއިރީ އަދި ތަރުކާރީ ތެޔޮ ފަދަ ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލު 95.1 ޕޮއިންޓުން 143.7 ޕޮއިންޓަށް ވަނީ އިތުރުވެފަ އެވެ.
އެފްއޭއޯ ޓްރޭޑް އެންޑް މާކެޓްސް ޑިވިޝަންގެ އިކޮނޮމިސްޓެއް ކަމަށްވާ މޮނިކާ ޓޮތޯވާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ ބާވަތްތަކުގެ އަގު ތައް އުފުލިފައި ވީ ނަމަވެސް ގައުމުތަކުގެ ނިސްބަތުގައި އަގުތައް އުފުލިފައިވާ ވަރު ތަފާތެވެ.
އދ.ގެ ސްޓޭޓް އޮފް ފުޑް ސެކިއުރިޓީ އެންޑް ނިއުޓްރިޝަން އިން ދަ ވޯލްޑް (އެސްއޯއެފްއައި) ގެ އެންމެ ފަހުގެ ރިޕޯޓުން ދައްކާ ގޮތުގައި 2021 ވަނަ އަހަރު 425 މިލިއަން މީހުން ބަނޑުހައިހޫނުކަމުގައި ތިބި އޭޝިއާގައި ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެއެވެ. ނަމަވެސް ބަނޑުހައިހޫނުކަން އެންމެ ބޮޑަށް ފެތުރިފައިވަނީ އެފްރިކާގައި ކަމަށްވާއިރު، އެ އަހަރު 278 މިލިއަން މީހުންނަށް އަސަރުކޮށްފައިވެއެވެ.
ކާބޯތަކެތީގެ ދަތިކަން ކުރިމަތިވާ މީހުންގެ އަދަދާއި، އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ބޭނުން ނުކުރެވޭ މިންވަރު ދެނެގަނެ، އޭގެ ނަތީޖާއެއްގެ ގޮތުން އެމީހެއްގެ ފުރާނަ އަށް ނުވަތަ ދިރިއުޅުމަށް ވަގުތުން ނުރައްކަލެއް ކުރިމަތިވާ މިންވަރު 2022 ވަނަ އަހަރު ހަތަރު ވަނަ އަހަރަށް އިތުރުވެފައިވާއިރު، 258 މިލިއަން މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ގްލޯބަލް ރިޕޯޓް އޮން ފުޑް ކްރައިސިސްގެ 2023 ވަނަ އަހަރުގެ އެޑިޝަންގައި ބުނެފައިވެ އެވެ.
"ކާބޯތަކެތީގެ ބޮޑެތި ކާރިސާތަކުގައި ކާބޯތަކެތީގެ ނުރައްކާތެރިކަން އިތުރުވެ، ކާބޯތަކެތީގެ ނުރައްކާތެރިކަން އިތުރުވުމުގެ މައިގަނޑު މައްސަލަތަކު ގޮތުގައި އިގްތިސާދީ ޝޮކްތައް ވަނީ ހަމަނުޖެހުންތައް ފަހަނައަޅައި ގޮސްފައި،" ޓޮތޯވާ ވިދާޅުވި އެވެ.
"ކާބޯތަކެތީގެ އަގުއުފުލުމާއި، ބާޒާރުތަކަށް ބޮޑެތި ހުރަސްތައް އެޅުން ފަދަ ދުނިޔޭގެ އިޤްތިޞާދީ ޝޮކްތަކުގެ ސަބަބުން ކާބޯތަކެތީގެ ޝޮކްތަކަށް އިޖާބަދިނުމުގެ ޤާބިލުކަން ޤައުމުތަކަށް ގެއްލިގެން ދެއެވެ."
2022 ވަނަ އަހަރު ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ސަޕްލައި ޗެއިންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ކާޑުގެ ބާވަތްތަކާއި، ފާޓިލައިޒަރ އަދި ހަކަތައިގެ އަގުތައް އުފުލިގެން ދިޔައެވެ. މިކަމުގެ ސަބަބުން 2022 ވަނަ އަހަރު ދުނިޔޭގެ އެފްޕީއައި ވަނީ ރެކޯޑުގައި އޮތް އެންމެ މަތީ ދަރަޖައަށް ގޮސްފައެވެ.
ދުނިޔޭގެ ބަނޑުހައިހޫނުކަމުގެ މުސްތަގުބަލުގެ އަންދާޒާތަކުން ދައްކާ ގޮތުގައި ބަނޑުހައިހޫނުކަން ދެމިއޮންނާނެ ކަމަށް ލަފާކުރެވޭއިރު، މޫސުން ގޯސްވުމުގެ ސަބަބުން އިތުރު ނުރައްކާތެރި އަސަރުތަކެއް ކުރާނެ ކަމަށް ކަމުގެ ތަޖްރިބާ ކާރުން ލަފާކުރައްވައެވެ.
މި ލިއުމާއި ގުޅޭ