Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އީވާ މަގާމުން ވަކިކޮށް، ދެ ވަޒީރުން ދިފާއުކުރަން އެމްޑީޕީން ތްރީލައިން ވިޕެއް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އެ މަގާމުން ވަކިކުރުމަށާއި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދެކޮޅަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.

ރާއްޖެއާ ޗާގޯސްގެ ކަނޑުގެ މައްސަލައާ ގުޅުވައި، ޝާހިދާއި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި އިދިކޮޅު ފަރާތްތަކުންނެވެ. އީވާ މަގާމުން ވަކިކުރަން މައްސަލަ ހުށަހެޅީ އޭނާ އެމްޑީޕީން ވަކިވެވަޑައިގެން، "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާތީ އެމްޑީޕީގެ ފަރާތުންނެވެ.
އެ ތިން ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހުގައި މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ. އަންނަ ބުދަ ދުވަހަށް ރިފްއަތުގެ މައްސަލަ ތާވަލްކޮށްފައި ވާއިރު، ޝާހިދުގެ މައްސަލަ ތާވަލޮށްފައި ވަނީ އަންނަ މަހު ހަވަނަ ދުވަހުގެ ޖަލްސާ އަށެވެ. އަދި އީވާގެ މައްސަލަ ތާވަލްކޮށްފައި ވަނީ ޖޫން 11 ވަނަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން އިއްތިފާގުން ނިންމާފައި ވަނީ އީވާ މަގާމުން ވަކިކުރުމަށް ތްރީ ލައިން ވިޕެއް ނެރުމަށެވެ. އަދި, ޝާހިދު އާއި ރިފްއަތުގެ މައްސަލަ ފެއިލް ކޮށްލަން ވެސް ވަނީ ވިޕެއް ނެރެފަ އެވެ.
ޝާހިދާއި ރިފްއަތުގެ މައްސަލައިގައި ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި ކޮންމެ މައްސަލައެއްގައި ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރަކު ހިމެނެ އެވެ. އެގޮތުން ރިފްއަތުގެ މައްސަލައިގައި ސޮއި ކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އަދި ޝާހިދުގެ މައްސަލައިގައި ސޮއިކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދެވެ.
މަޖިލީހުގައި އެމްޑީޕީގެ 56 މެންބަރުން މިވަގުތު ތިއްބެވި އިރު، ދަ ޑިމޮކްރެޓްސްގެ 12 މެންބަރުންނާއި، ޕީޕީއެމް، ޕީއެންސީގެ އަށް މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން އަދި އެމްއެންޕީގެ ތިން މެންބަރުން ތިއްބަވަ އެވެ.
މި ލިއުމާއި ގުޅޭ