Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި މިސްރުން ތުރުކީގެ ރައީސް އުރުދުޣާން އަށް މަރުހަބާ ކިޔައިފި

ރިޔާޒް (މެއި 29) - ތުރުކީގެ ތާރީހީ ރިޔާސީ އިންތިހާބު ރަޖަބް ތައްޔިބު އުރުދުޣާން ކާމިޔާބު ކުރެއްވި ކަމަށް ކަނޑައެޅުމާ ގުޅިގެން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން މަރުހަބާ ވިދާޅުވެއްޖެ އެވެ.
އުމުރުފުޅުން 69 އަހަރުގެ ލީޑަރު ވަނީ ތުރުކިޔޭގެ ޖީލުތަކަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާ އާއި އިދިކޮޅު ބާރުގަދަ އިއްތިހާދުން އަރައިގަނެ، ނުހަނު ބޮޑު ލީޑެއް ނަގައިފަ އެވެ.
ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ވެސް ވަނީ އުރުދުޣާން އަށް މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފަ އެވެ.
ޔޫއޭއީގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ވެސް އުރުދުޣާންއަށް އެފަދަ މެސެޖެއް ފޮނުއްވާފައިވާ ކަމަށް އެމިރޭޓްސް ނިއުސް އެޖެންސީން ބުނެއެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވެސް އުރުދުޣާން އަށް މަރުހަބާ ދެންނެވި އިރު، ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ އަދި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވެސް ވަނީ އުރުދުޣާން އަށް މަރުހަބާ ވިދާޅުވެފަ އެވެ.
ޕުޓިން ވިދާޅުވީ މި ކާމިޔާބީއަކީ އުރުދުޣާންގެ މިނިވަން ޚާރިޖީ ސިޔާސަތަށް ތުރުކީގެ ރައްޔިތުން ތައުރީފުކުރި ކަމުގެ ހެއްކެއް ކަމަށެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އާއި ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޯލްޒް އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ފަދަ ޔޫރަޕްގެ ލީޑަރުން ވެސް ވަނީ މަރުހަބާގެ މެސެޖުތައް ފޮނުއްވައިފަ އެވެ.
ތުރުކީގައި ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން އިއްޔެ ނިމިފައިވާއިރު، އުރުދުޣާން އެ އިންތިޚާބު ކާމިޔާބުރެއްވީ 52.1 އިންސައްތަ ވޯޓުންނެވެ. އިދިކޮޅު ކެންޑިޑޭޓް ކިލިކްޑަރޮގްލޫ އަށް ލިބިވަޑައިގަތީ 47.9 އިންސައްތަ ވޯޓުކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.
މި ލިއުމާއި ގުޅޭ