Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

"ރިލްވާންގެ މައްސަލައާއި ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާކަން ކަށަވަރު ކުރާނަން" : އިމްރާން

މަރާލެވިފައިވާ ނޫސްވެރިޔާ ރިޟްވާން އަބްދުﷲ ގެ މައްސަލާގައި ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާކަން ކަށަވަރު ކުރާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އިމްރާން ވިދާޅުވި ގޮތުގައި ރިޟްވާންގެ މައްސަލަ ތަހުޤީޤު ކުރަން ފެށުނީ މިސަރުކާރުގެ ފުރަތަމަ ދުވަހު ރައީސް ސޯލިހު އުފެއްދެވި ކޮމިޝަނަކުން ކަމަށާއި، އެ ތަހުޤީޤަށް ބިނާކޮށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވަޅު އަޅުއްވާނެކަން ޔަޤީން ކަމަށެވެ.
Rilwan ge massala thahgeeg kurani HEP @ibusolih ge verikamuge furathamadhuvahu ufehdhevi @DdcomMdv. Ethahugeegah binaakoh dhaulathuge muassasaathah medhuverikurvvaa, RI fiyavalhu alhuvaanekan yageen. Ekamaa gulhigen @PoliceMv inalhanjehey fiyavalhu alhaakan kashavarukuraanan iA.— Imran Abdulla (@ShimranAb) September 7, 2019

ރިޟްވާންގެ މައްސަލާގައި، ތަހުޤީޤަށް ހުރަސް އެޅި 2 އިންޓެލް ފުލުހަކު ވަކިނުކޮށްގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންގެ މުއައްސަސާއަށް އަމާޒުވެފައެވެ. ރިޟްވާން ރާއްޖެއިން ބޭރުގައި މަރުވި ކަމަށް ދައްކަން އުޅުނު އިންޓެލް ދެ ފުލުހުން ހައްޔަރު ކުރަން ބަންޑާރަ ނައިބުވެސް ވަނީ އަންގާފައެވެ. ނަމަވެސް ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، ހައްޔަރު ކުރެވޭވަރުގެ ހެއްކެއް އެ ދެ ފުލުހުންނާއި ދެކޮޅަކަށް ނެތެވެ. އަދި މަރު ކޮމިޝަނުންވެސް އެ ގޮތަށް ލަފާދީައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަރު ކޮމިޝަނުން ރިލްވާން އާއި ބެހޭ ގޮތުން ނެރެފައިވާ ރިޕޯޓުގައި ވާގޮތުން ރިލްވާން މަރާލީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްޤައިދާގެ ސެލް އަކުންނެވެ. އަދި އެކަމުގައި ބައިވެރިވި މީހުންގެ ނަންތައް އެ ރިޕޯޓުގައި ވަނީ އާންމުކޮށްފައެެވެ. ނަމަވެސް އެއްވެސް މީހަކު އަދި މިކަމާއި ގުޅިގެން ހައްޔަރުކޮށްފައި ނުވެއެވެ.
މި ލިއުމާއި ގުޅޭ